ޕްލާސްޓިކު ކޮތަޅުތަކެއް-- ފޮޓޯ/ ވޮއިސް
ހަބަރު
18 Jan 2026 | 11:53
ޕްލާސްޓިކް ކޮތަޅުން ނަގާ ފީއިން ލިބޭ އާމްދަނީ %35 ދަށަށް

ޕްލާސްޓިކް ކޮތަޅުން ނަގާ ފީއިން ދައުލަތަށް މިދިޔަ އަހަރު ލިބުނު އާމްދަނީ %35 ދަށަށް ހިނގައްޖެއެވެ. 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ފްލާސްޓިކް ކޮތަޅު ފީއިން ދައުލަތަށް ވަދެފައިވަނީ 5.9 މިލިއަން ރުފިޔާ އެވެ. މިއީ 2024 ވަނަ އަހަރު ޕްލާސްޓިކް ކޮތަޅުން ނަގާ ފީއިން ލިބުނު 9.2 މިލިއަން ރުފިޔާގެ އާމްދަނީއަށްވުރެ ބޮޑުތަނުން ދަށް އަދަދެކެވެ.  

2023 ވަނަ އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު ރާއްޖޭގައި ވަނީ ޕްލާސްޓިކް ކޮތަޅުތަކުން 2ރ. ގެ ފީއެއް ނަގަން ފަށާފައެވެ. މިއީ އާއްމުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ ވަރު މަދު ކުރުމުގެ ބޭނުމުގައި ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. 

ޕްލާސްޓިކް ކޮތަޅުން އެންމެ ބޮޑު ފީއެއް ލިބިފައިވަނީ 2023 ވަނަ އަހަރު އެވެ. އެ އަހަރު 12.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން މި ފީ ނަގަން ފެށި އަހަރާ އަޅާބަލާ އިރު މިދިޔަ އަހަރު ވަނީ ޕްލާސްޓިކް ކޮތަޅުގެ އާމްދަނީ %53 ދަށްވެފަ އެވެ. 

ކޮތަޅުން ލިބޭ ފީ ދަށްވަނީ ޖީއެސްޓީ ރަޖިސްޓާ ކޮށްފައިވާ ވިޔަފާރިތަކުން، ކޮތަޅު ވިއްކާ ވަރު ދައްވުމުންކަމަށް މީރާއިން ވަނީ ބުނެފައެވެ. ސަބަބަކީ ވިޔަފާރިތަކުން ދޫކުރާ އަދި ވިއްކާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީ ނަގަން ފެށި ނަމަވެސް މީރާ އަށް އެ ފައިސާ ދައްކަން ޖެހެނީ ހަމައެކަނި ޖީއެސްޓީ ދައްކާ ފަރާތްތަކުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.