އުތުރު ކޮރެއާގެ މިސައިލެއް..
ދުނިޔެ
14 Mar 2026 | 15:40
އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީނުތަކާ ދިމާކޮށް، އުތުރު ކޮރެއާއިން ބެލަސްޓިކް މިސައިލްތަކެއް ފޮނުވާލައިފި

އެމެރިކާ އާއި ދެކުނު ކޮރެއާއިން އަސްކަރީ ތަމްރީނުތަކެއް ފަށާފައިވަނިކޮށް އުތުރު ކޮރެއާއިން ބެލަސްޓިކް މިސައިލްތަކެއް ފޮނުވާލައިފިއެވެ.

ޖަޕާނުގެ ދިފާޢީ ވުޒާރާއިން ބުނި ގޮތުގައި އެ މިސައިލްތައް ފޮނުވާލާފައިވަނީ ޖަޕާން ގަޑިން މެންދުރު ފަހު 1:34 ހާއިރު އިރުއުތުރު ދިމާއަށެވެ. އެ ވުޒާރާއިން ލަފާކުރާ ގޮތުގައި މިސައިލްތައް 80 ކިލޯމީޓަރުގެ އުސްމިނަށް އެރުމަށް ފަހު ގާތްގަނޑަކަށް 340 ކިލޯމީޓަރަށް ދަތުރުކޮށް، މިސައިލްތައް ވަނީ ކޮރެއާ ޕެނިންސިއުލާގެ އިރުމަތީ އައްސޭރި ކަނޑުތެރެއަށް ވެއްޓިފައެވެ. މިސައިލްތައް ވެއްޓިފައިވަނީ ޖަޕާނުގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުން ބޭރަށެވެ.

އަލްޖަޒީރާއިން ބުނިގޮތުގައި މިކަމާ ގުޅިގެން މަތިންދާބޯޓުތަކާއި އުޅަނދުތަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ޔޮންހެޕް ނިއުސް އެޖެންސީއާ ހަވާލާދީ ބުނީ ޕިއޮންޔެންގުން ގާތްގަނޑަކަށް 10 ބެލިސްޓިކް މިސައިލް ޖަޕާން ކަނޑާ ދިމާއަށް ފޮނުވާލި ކަމަށެވެ. މިއީ މި އަހަރު ފެށުނު ފަހުން އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލް ފޮނުވާލި ތިންވަނަ ފަހަރު ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އުތުރު ކޮރެއާއިން މި މިސެއިލްތައް ފޮނުވާލުމާ ގުޅިގެން ދެކުނު ކޮރެއާ، ޖަޕާން އަދި އެމެރިކާގެ ފައުޖުތައް އެލާޓަށް ގެނެސްފައިވާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.

އުތުރު ކޮރެއާއިން ބެލަސްޓިކް މިސައިލްތައް ފޮނުވާލާފައި މިވަނީ ދެކުނު ކޮރެއާއާއި އެމެރިކާ ގުޅިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ "ފްރީޑަމް ޝީލްޑް" އަސްކަރީ ތަމްރީނުތައް ފެށުމާ ދިމާކޮށެވެ. މި ތަމްރީނުތައް ކުރިއަށް ދަނީ މާޗް 19 ވަނަ ދުވަހާ ހަމައަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.