ނަތަންޔާހޫއާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން.. ފޮޓޯ: ސްކައި
ދުނިޔެ
14 Mar 2026 | 11:16
ނަތަންޔާހޫގެ ސަރުކާރުން ބަޖެޓް ހޭދަ ހަނގުރާމައަށް ހާއްސަކުރާތީ، ޔަހޫދީން ރަތަށް

އިސްރާއީލުގެ ބަޖެޓުން ހަނގުރާމައަށް ކުރާ ހޭދަތައް ބޮޑުކުރާނީ އެޤައުމުގެ ރައްޔިތުން ނަތަންޔާހޫ ސަރުކާރާ ދެކޮޅަށް ނިކުތުމަށް ހަރަކާތްތަކެއް ފަށައިފިއެވެ.

އީރާނާއި ލުބުނާނުގެ ހިޒްބުالله އާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހަރަދުކުރުމަށް އިސްރާއީލްގެ ބަޖެޓުން ބައެއް ހާއްސަކުރުމަށް ނަތަންޔާހޫގެ ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ބަޖެޓްގެ ތިނެއް އިންސައްތަ ވަނީ ހަނގުރާމައަށް ހޭދަކުރުމަށް ނިންމާފައެވެ.

މި ނިންމުމުގެ ސަބަބުން، ލުބުނާނާއި ގާޒާގެ ބޯޑަރު ސަރަހައްދުތަކުގައި ދިރިއުޅޭ ޔަހޫދީންނަށް ދިނުމަށް ކަނޑައަޅާފައިވާ ގާތްގަނޑަކަށް 150 މިލިއަން ނިއު އިޒްރޭލީ ޝެކެލް (48 މިލިއަން ޑޮލަރު) ބަޖެޓުން އުނިވާނެއެވެ. 

ނަތަންޔާހޫ ސަރުކާރުގެ މި ނިންމުމާ ގުޅިގެން އިސްރާއީލް އުތުރު ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުން ވަނީ ހަޅުތާޅުކުރަން ފަށާފައެވެ. އަދި ބައެއް ރައްޔިތުން ވަނީ، މި ނިންމުމުގެ ސަބަބުން ހަނގުރާމައިގެ މި ދަނޑިވަޅުގައި އެފަރާތްތައް އިތުރަށް ނިކަމެތި ވެގެންދާނޭކަމަށް ބުނެފައެވެ. 

ހަނގުރާމައިގެ ސަބަބުން ލިބޭ ގެއްލުންތަކަށް އެހެން ކަންކަމަށް ބަޖެޓްކުރި އަދަދުތައް އެކަށަ އަޅަމުންދާ މައްސަލާގައި ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ނަތަންޔާހޫއާ ދެކޮޅަށް ނިކުމެފައެވެ. 

އެމެރިކާ އާއި އިސްރާއީލް އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އިސްރާއީލްގެ އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން ތެލްއަވީވްގެ މުހިންމު އިންފްރާސްތަކްޗާތަކެއް ބިމާ ހަމަވެފައިވާއިރު، މިއީ އިސްރާއީލްގެ އިގްތިސާދަށްވެސް ކުރިމަތިވާނޭ ބޮޑު ގޮންޖެހުމަކަށް ވާނޭކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.