ގާޑިއޯލާ.. ފޮޓޯ: ގެޓީ
ކުޅިވަރު
14 Mar 2026 | 10:21
ވެސްޓްހޭމް މެޗުން ބަލިވެއްޖެ ނަމަ ސިޓީއަށް ލީގް ގެއްލުނީކަމަށް ބަލަމާ: ޕެޕް ގާޑިއޯލާ

އިނގިރޭސި ޕްރިމިއާ ލީގްގައި ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭމެޗުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެނަމަ ލީގް ހޯދުމުގެ ފުރުސަތު ސިޓީއަށް ގެއްލިގެންދާނޭކަމަށް އެޓީމްގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ، މިހާރު ތާވަލް އޮތްގޮތުން ލީގް ޓައިޓަލް ލިބޭނޭކަމަށް އޭނާ ކަނޑައަޅާ މެޗަކީ ވެސްޓްހޭމް މެޗް ކަމަށާއި، އެމެޗުން ބަލިވެއްޖެނަމަ ލީގް ހޯދުމުގެ އުއްމީދު ގެއްލުނީކަމަށެވެ. 

ސިޓީ ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ބުދަ ދުވަހު ރެއާލް މެޑްރިޑް އަތުން 3-0 އިން ބަލިވެފައެވެ. އަދި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ރެލިގޭޝަނާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް އަމިއްލަ ދަނޑުގައި 2-2 އިން އެއްވަރުވެފައެވެ

ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ހެމްއާ ދެކޮޅަށް ސިޓީ ކުޅެން ހަމަޖެހިފައިވާ މި މެޗާ ބެހޭގޮތުން ގާޑިއޯލާ ބުނީ، ލީގްގެ އެންމެފަހުން ކުޅޭ 10 މެޗަކީ އެންމެ މުހިންމު މެޗްތައް ކަމަށާއި، އެއީ ރެލިގޭޝަނާއި، މުބާރާތްތަކަށް ކުރާ އުއްމީދު ބިނާވެގެން ވަނީ އެ މެޗްތަކަށް ކަމަށެވެ.

ޕްރިމިއާ ލީގްގައި ސިޓީ އާއި ވެސްޓްހޭމް ބައްދަލުކުރާ މެޗް ފެށުމަށްހަމަޖެހިފައިވަނީ މިރޭ ދަންވަރު 01:00 ގައެވެ. ޕްރިމިއާ ލީގްގައި މިރޭ އާސެނަލް ނިކުންނާނީ، އެވަޓަން އާ ދެކޮޅަށެވެ. ލީގްގައި ސިޓީ ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެ، އާސެނަލް ކުޅޭމެޗުން އެޓީމަށް ތިން ޕޮއިންޓް ލިބިއްޖެނަމަ ތާވަލްގެ އެއްވަނާގައި އޮތް އާސެނަލަށް 10 ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.