މުރައިދޫގައި މިހާރު ކުރިއަށްދާ "މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ޖާގަ، ހަނިމާދޫ އާއި ކެލާ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ ހަނިމާދޫ އެވެ. މުބާރާތުގެ ސެމީގެ ޖާގަ ހަނިމާދޫ ކަށަވަރުކުރީ ނޮޅިވަރަމާ ދެކޮޅަށް ކުޅުނުމެޗް 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.
މިއަދި ހަވީރު ކުޅުނު މިމެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ގެންގޮސްފައިވަނިކޮށް ދެވަނަ ސެޓް ނޮޅިވަރަމުން ވަނީ 23-25 ހުގެ ނަތީޖާއިން ގެންގޮސްފައެވެ. މެޗްގެ ފަހު ދެސެޓް ހަނިމާދޫއިން ގެންގޮސްފައިވަނީ 25-15 އަދި ފަހުސެޓް 25-22 ހުންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ޝުއައިބް އަބްދުލްލަތީފެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝުއައިބް
މުބާރާތުގެ ސެމީފައިނަލުގެ ޖާގަ ހޯދި ދެވަނަ ޓީމަކީ ކެލައެވެ. ސެމީގެ ޖާގަ ކެލާ ހޯދާފައިވަނީ ކުޅުދުއްފުއްޓާ ދެކޮޅަށް ކުޅުނުމެޗް ސީދާ ތިންސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗްގެ ފުރަތަމަ ސެޓް ކެލާ ގެންގޮސްފައިވަނީ 25-17 އިންނެވެ. އަދި ދެވަނަ ސެޓް 25-22 ހުން ގެންދިޔައިރު، ތިންވަނަ ސެތް ގެންގޮސްފައިވަނީ 25-16 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުއައްވަޒު އަބްދުﷲ އެވެ.
މޮޅުކުލުންތެރިޔާގެ މަގާމް ހޯދި ކެލާ ތީމްގެ މުއައްވަޒް..
މި މުބާރާތުގެ ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists