މޯދީ އާއި ޔޫއޭއީގެ ރައީސް
ދުނިޔެ
20 Jan 2026 | 09:58
އިންޑިއާއާއި ޔޫއޭއީގެ ވިޔަފާރި 200 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެއްޖެ

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އިންޑިޔާއާ ދެމެދުގެ ގުޅުން ގިނަ ދާއިރާތަކަކުން ބަދަހި ކުރުމަށް އެއްބަސްވެއްޖެއެވެ.

މިފަދައިން އެއްބަސްވެފައިވަނީ ޔޫއޭއީގެ ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން އިއްޔެ އިންޑިއާއަށް ކުރެއްވި ތިން ގަޑިއިރުގެ ކުރު ދަތުރުފުޅުގައެވެ. ޔޫއޭއީގެ ރައީސަށް އެއާޕޯޓުން މަރުހަބާ ދެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. 

އެފަހުން ދެބޭފުޅުން އެކުގައި ބޭއްވުނު ބައްދަލުވުމުގައި، 2032 ވަނަ އަހަރާ ހަމައަށް ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ދެ ލީޑަރުންގެ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިޤްތިޞާދީ ގޮތުން ދެ ޤައުމު އިތުރަށް ގުޅާލުމަށެވެ. 2022 ވަނަ އަހަރު ސޮއިކުރެވުނު އިޤްތިޞާދީ އެއްބަސްވުމުގެ (CEPA) ސަބަބުން، މިހާރު 100 ބިލިއަން ޑޮލަރުގައި ހުރި ވިޔަފާރި، ކުރިއަށް އޮތް ހަ އަހަރު ދުވަހުގެ ތެރޭގައި ދެގުނަ ކުރުމަށް ވަނީ ނިންމާފައެވެ.

ހަކަތައިގެ ދާއިރާއިން ވެސް މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން އިންޑިއާގެ އެޗް.ޕީ.ސީ.އެލް (HPCL) އާއި ޔޫއޭއީގެ އެޑްނޮކް (ADNOC) ގޭސްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، 2028 ވަނަ އަހަރުން ފެށިގެން 10 އަހަރުގެ މުއްދަތަށް އަހަރަކު 0.5 މިލިއަން ޓަނުގެ އެލް.އެން.ޖީ (LNG) އިންޑިއާއަށް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ގުޖުރާތުގެ ދޮލޭރާ ޚާއްޞަ އިންވެސްޓްމަންޓް ސަރަޙައްދުގައި ބައިނަލްއަޤްވާމީ އެއާޕޯޓަކާއި ބަނދަރެއް ތަރައްޤީކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ނިންމުމަކީ ދެ ޤައުމުގެ ދެމެދުގައި "ސްޓްރެޓީޖިކް ޑިފެންސް ޕާޓްނަރޝިޕް ފްރޭމްވޯކް" އެއްބަސްވުމެއްގައި ސޮއިކުރުމެވެ. މީގެ ދަށުން ދިފާޢީ ސިނާޢަތްތަކުން ގުޅިގެން މަސައްކަތް ކުރުމާއި، ސައިބަރ ސެކިއުރިޓީ އަދި އަސްކަރީ ތަމްރީނުތައް ހިމެނެއެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ، މިއީ ދެ ޤައުމުގެ ގުޅުން ކުރިއަރަމުން އަންނަ ގޮތުން ވީ އެއްބަސްވުމެއް ކަމަށާއި، މީގެ ސަބަބުން ސަރަޙައްދީ އެއްވެސް ހަމަނުޖެހުމެއްގެ ތެރެއަށް އިންޑިއާ ވަދެގެން ނުދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ނިއުކްލިއަރ ހަކަތަ ބޭނުންކުރުމާއި، ފަޒާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން "ޑިޖިޓަލް އެމްބަސީ" ތައް އުފެއްދުމުގެ ޚިޔާލާއި، ދެ ޤައުމުގެ ޕޭމަންޓް ސިސްޓަމްތައް ގުޅާލައިގެން ފައިސާގެ މުޢާމަލާތްތައް ފަސޭހަކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

ދެ ލީޑަރުން ވަނީ އިންޑިއާ-މިޑްލް އީސްޓް-ޔޫރަޕް އިކޮނޮމިކް ކޮރިޑޯ (IMEC) ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާގެ އިންފްރާސްޓްރަކްޗަރ ފަންޑުތަކުގައި ބައިވެރިވުމަށް ޔޫއޭއީގެ އިންވެސްޓްމަންޓް އިދާރާތަކަށް ދަޢުވަތު އަރުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ