ދެން ނުވަރައެލިޔާާއަށްވެސް ކޭބަލް ކާރުގައި ދެވޭނެ!

04 Jul 2019 | 09:28

ސްރީލަންކާާއަށް ޒިޔާާރަތްކުރާާ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފަރުބަދަމަތީ މަންޒިލެއްކަމުގައިވާ ނުވަރައެލިޔާއަށް ކޭބަލް ކާރުގެ ޚިދުމަތް ތައާރަފްކުރުމަށް ނިންމައިފިއެވެ.

50 މިލިޔަން ޑޮލަރުގެ މި މަޝްރޫއު ހިންގުމަށް ހުށައަޅާފައިވަނީ ސްރީލަންކާގެ ކުންފުންޏަކާއި، ބޭރުގެ ކުންފުންޏެއް ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗާއަކުންނެވެ.

މި މަޝްރޫއުއަށް ލަންކާގެ ކެބިނެޓުގެ އާނބަސް ލިބިފައިވާކަމަށް މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޭބަލް ކާރުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ނަނުއޮޔާ ރެއިލްވޭ ސްޓޭޝަނުން ފެށިގެން ނުވަރައެލިޔާގެ ލޭކް ގްރެގޮރީއާއި ހަމައަށެވެ. މިކަމަށްޓަކައި 21 ކޭބަލް ކާރު ޓަވަރ ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ނިޒާމްގެ ދަށުން ނުވަރައެލިޔާގެ ރޭސްކޯސްއާއި ސިންގަލް ޓްރީ ހިލްއާއިވެސް ގުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު އެއްކޮށް ނިމުމުން އެއް ފަހަރާ ދިހަ މީހުންނަށް އެރޭނެފަދަ 86ކާރު ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް

Advertisement