އެމެރިކާގެ ރައީސް ޓްރަމްޕް: ފޮޓޯ/ ރޮއިޓާސް
ހަބަރު
06 Feb 2026 | 09:07
ޗާގޯސް ރަށްތައް މޮރިޝަސްއާ ހަވާލުކުރަން ޓްރަމްޕް ތާއީދުކޮށްފި

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސް ޖަޒީރާ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށް ބަދަލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް، ޑައުނިންގް ސްޓްރީޓުން ބީބީސީއަށް ދިން މައުލޫމާތުގައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަމުން ރައީސް ޓްރަމްޕް ބުނީ، އިނގިރޭސި ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ އެކުލަވާލި މި އެއްބަސްވުމަކީ "ހެދޭނެ އެންމެ ރަނގަޅު" އެއްބަސްވުން ކަމަށެވެ.

ނަމަވެސް މީގެ ކުރިން ޓްރަމްޕް ވަނީ އެ އެއްބަސްވުމަކީ "ބޮޑު މޮޔަކަމެއްގެ" ގޮތުގައި ސިފަކޮށް އެއަށް ފާޑުވެސް ކިޔައިފައެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ދެ ގައުމުގެ ލީޑަރުންގެ މެދުގައި ދެކެވުނު ވާހަކަތަކުގައި، ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އޮންނަ އިނގިރޭސި-އެމެރިކާގެ ގުޅިފައިވާ އަސްކަރީ މަރުކަޒުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި އެއްބަސްވުން މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

ޑައުނިންގް ސްޓްރީޓްގެ ތަރުޖަމާނަކު ބުނީ، މި އެއްބަސްވުން ތަންފީޒުކުރުމުގައި ދެ ގައުމުން ގާތުން މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް' ގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވާގޮތުން، ބޮޑުވަޒީރު ސްޓާމަރާއެކު ބޭއްވުނު މަޝްވަރާތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކަމަށެވެ.

މިދިޔަ އަހަރު އިއުލާނުކުރި މި އެއްބަސްވުމުގެ ދަށުން، ޗާގޯސް ޖަޒީރާގެ އިސްތިގުލާލު މޮރިޝަސްއަށް ދޫކޮށްލި ނަމަވެސް، ޑިއޭގޯ ގާސިއާ ގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުގައި ހިންގާ އޮޕަރޭޝަންތަކަށާއި ސިފައިންނަށް އެއްވެސް ފަރާތަކުން ބިރުދައްކައިފިނަމަ، އެތަން ރައްކާތެރިކުރުމާއި ވަރުގަދަ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

މިދިޔަ މެއި މަހު އެއްބަސްވި މި ޑީލްގެ ދަށުން، އިނގިރޭސިވިލާތާއި މޮރިޝަސްގެ ސަރުކާރުން ގުޅިގެން އިއުލާނުކުރީ 60 އަށްވުރެ ގިނަ ރަށްތައް ހިމެނޭ ޗާގޯސްގެ ފުރިހަމަ ސިޔާދަތު އަނެއްކާވެސް މޮރިޝަސްއަށް ލިބޭނެ ކަމަށެވެ. މީގެ ބަދަލެއްގެ ގޮތުން ކުރިއަށް އޮތް 99 އަހަރަށް އެމެރިކާގެ އަސްކަރީ މަރުކަޒު އެތަނުގައި ހިންގުމުގެ ޔަގީންކަން ދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.