ރައީސް ނަޝީދު : ފޮޓޯ/ މަޖިލިސް
ހަބަރު
06 Feb 2026 | 17:07
ޗާގޯސް އެއްބަސްވުމަށް ޓްރަމްޕް ތާއީދުކުރީ އެތަން މޮރިޝަސްއަށް ދިނުމަށް ނޫން ކަމަށް ވެދާނެ: ނަޝީދު

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސް ޖަޒީރާ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށް ދޭ ގޮތަށް އޮތް އެއްބަސްވުމަށް ޓްރަމްޕް ތާއީދު ކުރީ އެތަން މޮރިޝަސްއަށް ނޫން ކަމަށް ވުންވެސް އެކަށީގެންވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޓްރަމްޕް ޔޫކޭ-ޗާގޯސް އެއްބަސްވުމަށް އެއްބަސްވީ ޗާގޯސް މޮރިޝަސްއަށް ދިނުމުގެ ބޭނުމުގައި ނޫން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ހާލަތަށް ބަލާއިރު ދިވެހިރާއްޖޭގެ ދައުވާ ބަލަންޖެހޭ ކަމަށް އެމެރިކާއަށާއި އިނގިރޭސީންނަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

އަދި އެ ސަބަބަށްޓަކައި ޗާގޯސް މޮރިޝަސްއަށް ދެވެން ނެތް ކަމަށް ބުނުމުގެ ޖާގަވެސް އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކޯސްޓްގާޑުން މިހާރު އަމަލުކުރަމުންދާ ގޮތަކީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ރުހުމާއެކު ކުރިއަށްދާ ކަމެއް ކަމަށް ވެދާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ބީބީސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ރައީސް ޓްރަމްޕް ވަނީ ބޮޑުވަޒީރު ކިއަރ ސްޓާމަރ އެކުލަވާލި މި އެއްބަސްވުމަކީ "ހެދޭނެ އެންމެ ރަނގަޅު" އެއްބަސްވުން ކަމަށް ސިފަކޮށްފައެވެ. މީގެ ކުރިން ޓްރަމްޕް މި އެއްބަސްވުމަށް ފާޑުކިޔައި "ބޮޑު މޮޔަކަމެއް" ގޮތުގައި ސިފަކުރި ނަމަވެސް، އިއްޔެ ބޭއްވުނު މަޝްވަރާތަކުގައި ވަނީ ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި އެއްބަސްވުން މުހިންމުކަން ފާހަގަކޮށްފައެވެ.

ރައީސް ޓްރަމްޕް އޭނާގެ 'ޓްރުތް ސޯޝަލް' ގައި ބުނީ، އެމެރިކާގެ އަސްކަރީ މަރުކަޒަށް އެއްވެސް ފަރާތަކުން ބިރުދައްކައިފިނަމަ އެތަން ރައްކާތެރިކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން 60 އަށްވުރެ ގިނަ ރަށް މޮރިޝަސްއަށް ދޭން ނިންމާފައިވީ ނަމަވެސް، ޑިއޭގޯ ގާސިއާގެ މަރުކަޒު ކުރިއަށް އޮތް 99 އަހަރަށް ބޭނުންކުރުމުގެ ޔަގީންކަން އެމެރިކާއަށް ވަނީ ލިބިފައެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ މިހާރުގެ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޓްލޮސްގެ ނިންމުން ގަބޫލުނުކުރައްވާ ކަމަށާއި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ އެއްވެސް ހައްގެއް ނެތް ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ދިފާއީ ވުޒާރާއިން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ޑްރޯންތަކާއި ކޯސްޓްގާޑު އުޅަނދުތައް ދެކުނުގެ ކަނޑުގެ ސަރަހައްދަށް ފޮނުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.