އީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ޚަތީބުން --
ހަބަރު
18 Mar 2026 | 15:48
އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ޒުވާން ދެ ޚަތީބުން

މާލެސިޓީގައި ފިތުރު އީދު ނަމާދު ހަތަރު މައިދާނެއްގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު ބޮޑު ޖަމާއަތުގައި ޚަތީބު ކަން ކުރާނެ ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފި އެވެ.

މާލެއާ ވިލިމާލެ އަދި ހުޅުމާލެ ދެ ފޭސް ގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ އެވެ. މާލޭގައި އޮންނާނީ މާފަންނު ސްޓޭޑިއަމްގަ އެވެ. ވިލިމާލެ ބޯޅަދަނޑުގަ އެވެ. އަދި ފޭސް އެކެއްގައި ސިންތަޓިކް ޓްރެކް ގައި ބޮޑު ޖަމާއަތް އޮންނާނެ އެވެ. ފޭސް ދޭއްގައި މަސްޖިދު ޙަސަން އާދަމްއާ ނިރޮޅުމަގާއި ހީނާހިނގުމާއި ފޭރުގަސްމަގާ ދުބުރިގަސް މަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ބޮޑު ޖަމާއަތުގައި ޚަތީބު ކަން ކުރާނެ ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފަ އެވެ.

* މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާޢަތުގެ ޚަތީބު - އަލްޙާފިޘް އަބްދުالله ބިން އިމްޖާދު

* ވިލިމާލެ ބޮޑު ޖަމާޢަތުގެ ޚަތީބު - އަފްލާޙް އިސްމާއީލް ރަޝީދު

* ހުޅުމާލޭ ފޭސް އެކެއްގައި އޮންނަ ބޮޑު ޖަމާޢަތުގެ ޚަތީބު - އައްޝައިޚް އަހްމަދު މައުމޫން

* ފޭސް ދޭއްގެ ބޮޑު ޖަމާޢަތުގެ ޚަތީބު - އައްޝައިޚް އަބްދުالله ސަޢުދާން

އަދި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް އީދު ނަމާދު ކުރުން އޮންނާނެ އެވެ. މީގެ އިތުރުން މާލޭގައި އިތުރު 15 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރުން އޮންނާނެ އެވެ.

ވިލިމާލޭގައި މަސްޖިދުއްސަލާމްގައި އީދު ނަމާދު ކުރާ ގޮތަށް ހަމަޖެހިފައިވާއިރު ހުޅުމާލެ ފޭސް އެކެއްގައި މަސްޖިދުއްޝަހީމް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ އާއި މަސްޖިދު ރަޝީދު އާއި މަސްޖިދު ޢަޒީޒާ މޫސާ އާއި މަސްޖިދު އަޞްދިޤާ އާއި މަސްޖިދުލްވާލިދައިނި ގައި ޢީދު ނަމާދު ކުރާނެ އެވެ. ފޭސް ދޭއްގައި އީދު ނަމާދު އޮންނާނީ މަސްޖިދުލް ޢީމާން އާއި މަސްޖިދު ޢުޘްމާން ބިން ޢައްފާން ގަ އެވެ.

އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގަ އެވެ. ކަލަންޑަރު ބުނާގޮތުން މި އަހަރު ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. ހަނދު ބެލުން އޮންނާނީ މިރެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.