ޢީދު ނަމާދު ކުރަނީ
ދީން
20 Mar 2026 | 07:38
ޢީދު ޚުތުބާގައި ގޮވާލީ އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޢީދުގައި ޖާގަނުދިނުމަށް

އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޢީދުގައި ޖާގަނުދިނުމަށް މިއަދުގެ ޢީދު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި އިއްވި ޢީދު ޚުޠުބާގައި ބުނީ، ޢީދު ދުވަހަކީ މާތް الله އަޅަމެންނަށް ދެއްވި ހިދާޔަތަށްޓަކައި އެކަލާނގެއަށް ޝުކުރުކޮށް، އުފާފާޅުކޮށް، ތަކުބީރުގެ އަޑު އުފުލަންޖެހޭ ދުވަހެއް ކަމަށެވެ. އަދި މުސްލިމުންގެ ޢީދުތައް ޒީނަތްތެރިކުރަންވާނީ ތަކުބީރުގެ މަތިވެރި ބަސްފުޅުތަކުންކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުޢީ މިންގަނޑުތަކުގައި ހިފެހެއްޓުމުގެ މުހިންމުކަން ފާހަގަކުރަމުން، ޚުޠުބާގައި ވަނީ އިސްލާމީ ރިވެތި އާދަކާދަތަކާ ނުގުޅޭ ކަންކަމުން ޢީދުގެ އުފާވެރިކަން ކިލަނބުވިޔަ ނުދިނުމަށް އެދިފައެވެ. އަދި ޢީދަކީ އެކަކު އަނެކަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކޮށް، އެކުވެރިކަން އާލާކުރަންވީ ދުވަހެއް ކަމުގައި ބުންޏެވެ.

ޚުޠުބާގައި އިތުރަށް ވަނީ، ޢީދުގައި އެންމެ އިސްކަމެއްގެ ގޮތުން މާތް اللهގެ ޙައްޤުތައް އަދާކުރުމަށާއި، އެއަށްފަހު މައިންބަފައިންގެ ޙައްޤުތަކާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް ބާރުއަޅާފައެވެ.

އަދި ޙަސަދަވެރިކަމާއި ބައިބައިވުމުން ދުރުހެލިވެ، މުސްލިމް އަޚުންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި ކުލުނު އިތުރުކުރުމަށް ގޮވާލައި ފަޤީރުންނާއި މިސްކީނުން ޢީދުގެ އުފަލުގައި ބައިވެރިކުރުމަށްޓަކައި ފިޠުރު ޒަކާތް ނެރުމުގެ މުހިންމުކަންވެސް ހަނދާންކޮށްދީފައިވެއެވެ:

ހަމައެހެންމެ، ރަމަޟާން މަހަށްފަހުވެސް ނަމާދު ޤާއިމުކޮށް، އަޅުކަމުގައި ހީވާގިވުމަށާއި، ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށް ނަސޭހަތްތެރިވިއެވެ.

ޤައުމީ އަމާންކަން: ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ވާޖިބެއްކަން ފާހަގަކުރައްވައި، އަމާންކަން ނެތް ތަނެއްގައި އެއްވެސް ހަމަޖެހުމެއް ނޯންނާނެކަން ބަޔާންކުރެއްވިއެވެ.

ޚުޠުބާ ނިންމާލާފައިވަނީ މުޅި އިސްލާމީ އުންމަތަށާއި ދިވެހި އުންމަތަށް ބާއްޖަވެރި ޢީދަކަށް އެދި ދުޢާކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.