އެމްބިޔުލާންސް ތަކެއް:
ހަބަރު
30 Mar 2026 | 10:14
އަންނަ މަހުން ފެށިގެން އާސަންދައިން އެމްބިޔުލާންސްގެ ޚިދުމަތް ދެނީ

އަންނަ މަހުން ފެށިގެން އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އާސަންދަ ސްކީމްގެ ދަށުން  އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ހާލަތްތައް ކަނޑައަޅާފައިވާ ކަމަށެވެ.  

”އެކެއް އޭޕްރީލް އިން ފެށިގެން އާސަންދަ މެދުވެރިކޮށް އެމްބިޔުލާންސް ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައަޅާފައި މިވަނީ.“ ރައީސް ވިދާޅުވިއެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް 

އެގޮތުން، އާސަންދައިން އެމްބިޔުލާންސްގެ ޚިދުމަތް ލިބޭ ޙާލަތްތަކަކީ؛

1) އިމަޖެންސީގައި ނުވަތަ ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެނެވޭ ފަރާތްތަކަށް

2) މައްޔިތުން އެމްބިޔުލާންސްގައި އުފުލުމަށް

3) ބެޑްރިޑެން ނުވަތަ އެނދުމަތިކުރެވިފައިވާ ބަލިމީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު

3) ފޮރޮޅުލީ ގޮނޑީގައި ތިބޭ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު

4) ފިޒިކަލް، މެންޓަލް، އޯޓިޒަމް، ޑައުންސިންޑްރޯމް ހިމެނޭހެން އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު

5) އެއް ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ފަރާތެއް އިތުރު ފަރުވާއަށް ނުވަތަ ޓެސްޓުތައް ހަދަން އެހެން ހޮސްޕިޓަލަކަށް އުފުލާއިރު

6) އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހާ ފުރުވާއިރު ނުވަތަ އެހެން ރަށަކަށް އިތުރު ފަރުވާއަށް ފުރުވާއިރު އެއާޕޯޓަށް ނުވަތަ ޖެޓީއަށް ގެންދިޔުމަށް

7) ތެލެސީމިއާ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު

ރައީސް ވިދާޅުވީ އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ހަމަޖެއްސުމަކީ ވަރަށް ގިނަ ދުވަހު މަޝްވަރާ ކުރެވުނު ކަމަށެވެ. 

"އެކަމާ ބެހޭގޮތުން ޓެކްނިކަލް ލެވެލްގައި އަދި އޭގެ ހިސާބުތައްކޮށް، ފައިނޭންޝަލީ ބަޖެޓަރީ އިމްޕްލިކޭޝަންތައް، ދެން މިހެން ގޮސް ހުރިހާ ކަމެއް… އޮޕަރޭޝަނަލް އޭންގަލް އިން ބަލަންޖެހޭ ކަންތައް ވެސް ބެލުމަށް ފަހު ނިންމި ނިންމުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.