10 Jul 2019 | 16:16
އުސޫލެއްގެ ގޮތުން އަޒްލީނާގެ އާއިލާގެ ހުއްދަ ހޯދާކަށް ނުޖެހޭނެ: މުއާ

މިފަހަކަށް އައިސް މީސް މީޑިޔާާގެ ވަސީލަތްތަކުގައި އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަށް ވާނީ ދިވެހި ފިލްމް ލީނާގެ ވާހަކައެވެ. މަޝްހޫރު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދާ މި ފިލްމް ބޮއިކޮޓް ކުރުމަށް ގިނަަބަޔަކު ދަނީ ގޮވާލަމުންނެވެ. އެއީ މިފިލްމް ހަދަނީ އަޒްލީނާގެ އާއިލާގެ ނުރުހުމުގައި ކަމަށް ބުނެއެވެ.

ނަމަވެސް ހ ފިލްމްގެ ޑިރެކްޓަރ އަދި މަޝްހޫރު އެކްޓަރ އަބްދުﷲ މުއާޒު (މުއާ) ހުރީ ދޫދޭ ވިސްނުމެއްގައެއް ނޫނެވެ.

މުނިފޫހިފިލުމުގެ ދާއިރާއަށް ޚާއްސަކޮށްގެން ހިންގާ މީޑިޔާއެއް ކަމުގައިވާ "ދޯ" އަށް ދިން އިންޓަރވިއުއެއްގައި މުއާ ބުނީ އުސޫލެއްގެ ގޮތުން މި ފިލްމް ހަދާއިރު އަޒްލީނާގެ އާއިލާގެ ހުއްދައެއް ނަގާކަށް ނުޖެހޭނެކަމަށެވެ. ސަބަބަކީ މިއީ ހަގީީގީ ހާދިސާއެއް އަސްލަކަށް ބަލައިގެން ހަދާ ފިލްމަކަށް ވާތީއެވެ.

އަދި މުއާ ވަނީ އެ އާއިލާއާއި މުއާއާއި ދެމެދު އެއްވެސް ހިތްހަަމަޖެހުމެއް ނެތްކަމަށް ބުނެފައެވެ.

ނަަމަވެސް އަޒްލީނާގެ އާއިލާގެ މެންބަރަކު ވަނީ އެކަން ދޮގުކޮށް ސޯޝަލް މީޑިޔާގައި ވާހަކަދައްކާފައެވެ. އަޒްލީނާއަށް ބޮޑުދައިތަ ކިޔާ ކުއްޖެއްކަމަށްވާ އައިފާާ ޝަރީފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ލީނާ ފިލްމަކީ އަޒްލީނާގެ މަރުގެ މައްޗަށް ބިނާވެގެންވާ ފިލްމެއް ނޫންކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އަދި ފިލްމްގެ ޑިރެކްޓަރ މުއާއާއި އާއިލާއާއި މެދު އެއްވެސް އެއްބަސްވުމެއް ނެތްކަމަށެވެ.

"އެއްވެސް ހުއްދައެއް ދީފައެއް ނުވާނެ"، އައިފާ ބުންޏެވެ.

އައިފާ އިތުރަށް ބުނީ އެ ފިލްމްގެ ޑިރެކްޓަރ މުއާ އަކީ ބުނާ ބަހުގައި ހިފަހައްޓާ ފަރާތެއް ނޫންކަމަށާއި އެގޮތުން އެ ފިލްމްގެ މަސައްކަތް ކުރިއަށް ނުގެންދާނެކަމަށްވެސް އާއިލާގެ ކިބައިން ވައުދުވި ކަމަށެވެ. އަދި އަޒްލީނާގެ އާއިލާއާއި އެކު އަންޑަސްޓޭންޑިންްގްެއެއް ވާކަަމަށްބުނެ ހަދަނީ ދޮގެއްކަމަށްވެސް އޭނާ ބުންޏެވެ.

ލީނާގެ ޓިކެޓްތައް މިހާރު ދަނީ އޮލިމްޕަހުގައި ވިއްކަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ޗައިނާއާ ރާއްޖޭގެ އިޤުތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް މަޝްވަރާކޮށްފި
ޗައިނާއިން ވަޑައިގަތް ވަފްދުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ، ސީޕީސީގެ މަރުކަޒީ ކޮމިޓީގެ ބައިނަލްއަޤުވާމީ ގޮފީގެ ދެކުނު އިރުމައްޗާއި ދެކުނު އޭޝިއާ ކަންކަމާ ބެހޭ ބިއުރޯގެ ޑައިރެކްޓާ ޖެނެރަލް ޕެންގް ޒިއުބިން
16 Sep 2026
ޓްރިޕްވި ހުރިހާ ފީޑަރުތަކެއް އަލުން ޖައްސައި ކަރަންޓް ދީފި
އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ހިދުމަތް ނުލިބިވާނަމަ ކޮންޓެކްޓް ސެންޓާ 1545 އަށް ގުޅުމަށްވަނީ އެދިފަ އެވެ.
16 Sep 2026
ފަހު ވަގުތު އެސްޕީ ޖެހި ލަނޑުން ރެއާލް މެޑްރިޑަށް މުހިންމު މޮޅެއް
މުޅި މެޗުގައިވެސް ރެއާލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ވިނީޝިއަސް ޖޫނިއަރ އާއި އެމްބާޕޭއަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނުކަން ފާހަގަކުރެވެއެވެ.
16 Sep 2026
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކެނޑިއްޖެ
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
16 Sep 2026
އިނގިރޭސި ލީގްކަޕް؛ ލިވަޕޫލް އަތުން ބަލިވެ، މުބާރާތުން ސްޕާސް އަލްވަދާއު ކިޔައިފި
ލިވަޕޫލްގެ އަމިއްލަ ދަނޑު ކަމަށްވާ އެންފީލްޑްގައި ކުޅުނު މި މެޗުން ސްޕާސްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ
16 Sep 2026
ސޫދާނުގައި ރަން ނަގަމުންދިޔަ މައިނެއް ވެއްޓި މަދުވެގެން 60 މީހުން މަރުވެއްޖެ
މި ހާދިސާގައި ސަލާމަތްވި ދެ މީހަކު ބުދަ ދުވަހު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ތާށިވެ، ގެއްލިފައިވާ ކަމަށާއި އެމީހުންވެސް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
16 Sep 2026
ލީގް ކަޕްގައި އިޕްސްވިޗް އަތުން އާސެނަލަށް ފަސޭހަ މޮޅެއް
މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ ޑޯމަން އަކީ ވަރަށް ހުށިޔާރު ކުޅުންތެރިއެއް ކަމަށާއި އޭނާ ޖެހި ލަނޑުތަކުން ވަރަށް ރަނގަޅަށް އެކަން ފެނިގެން ގޮސްފައިވާކަމަށެވެ. އަޓޭޓާ ބުނީ އުމުރުން އެހާ ހަގު ކުޅުންތެރިއަކު އެ ފެންވަރުގައި ޕްރިމިއާލީގުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ޒުވާނުންގެ ހަތް ގޮނޑިއަށް މެންބަރުން ހޮވައިފި
ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ޒުވާނުންގެ ހަތް ގޮނޑިއަށް 12 ކެންޑިޑޭޓުންގެ ތެރެއިން ހަތް ބޭފުޅަކު މިއަދު އިންތިޚާބުކޮށްފައިވާ އިރު، އެންމެ ގިނަ ވޯޓު ހޯއްދެވީ ސިމާން ހާދީއެވެ.