ބަންޑާރަ ނައިބު އޮފީހުގެ ވެރިން... ފޮޓޯ: އޭޖީ އޮފީސް
ހަބަރު
13 Apr 2026 | 15:09
ބަންޑާރަ ނައިބުގެ އޮފީހުގެ 2024 ވަނަ އަހަރު ހަރަދުކުރިގޮތް ރަނގަޅު: އޮޑިޓް

ބަންޑާރަ ނައިބު އޮފީހުގެ 2024 ވަނަ އަހަރުގެ މާލީ ކަންކަން މައިގަނު ގޮތެއްގައި ހިންގާ ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށްކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ބަންޑާރަ ނައިބު އޮފީހުގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓްގައި ބުނެފައިވަނީ، ބަންޑާރަ ނައިބު އޮފީހުގެ އެ އަހަރުގެ ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުމް ހޭދަކުރިގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި،  ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ހުރި ރެކޯޑްތަކުގައި އުނި އިތުރުކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެއަހަރު ބަންޑާރަ ނައިބުގެ އޮފީހުން ހަރަދުތައް ކޮށްފައިވަނީ އެ އޮފީހަށް ބަޖެޓްގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަށް ކަނޑައަޅާފައިވާ މިންވަރަށް ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށެވެ.

ބަންޑާރަ ނައިބު އޮފީހުގެ އެ އަހަރުގެ މަސައްކަތްތަކަށް ބަލާއިރު އެ އޮފީހަށް 556 މައްސަލަ ހުށަހެޅުނުއިރު އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މައްޗަށް ދައުވާލިބޭ 125 މައްސަލައަކާއި، ދައުލަތުގެ ފަރާތުން ދައުވާ ކުރުމަށް އެދި ހުށަހެޅި 431 މައްސަލައެވެ. ދައުލަތަށް ދައުވާލިބޭ މައްސަލަތަކުގެ ތެރެއިން 46 މައްސަލައެއް ނިމިފައިވާއިރު، 79 މައްސަލައެއް ކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ. އަދި ދައުލަތުގެ ފަރާތުން ދައުވާކުރުމަށް ކޯޓަށް ހުށަހެޅި 303 މައްސަލައިގެ ތެރެއިން 169 މައްސަލައެއް ނިމިފައިވާއިރު 134 މައްސަލަ ދަނީ ހިނގަމުންނެވެ.  އަދި 162 މައްސަލައެއް ވަނީ އަނބުރާ ފޮނުވާލާފައެވެ. 

މީގެ އިތުރުން 2024 ވަނަ އަހަަރު ބަންޑާރަ ނައިބުގެ ގާނޫނީ ލަފައަށްއެދި 941 މައްސަލަ ހުށަހެޅުނުއިރު، އޭގެ ތެރެއިން 850 ނައްސަލައަކަށް ލަފާދީފައި ވެއެވެ. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށްޓަކައި 40 ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.