ޕޮގްބާ ބޭނުންވަނީ ޔުނައިޓެޑް ދޫކޮށްލަން: އޭޖެންޓް

11 Jul 2019 | 11:08

ފްރާންސްއަށް ނިސްބަތްވާ 26 އަހަރުގެ ޕޮގްބާ ބޭނުންވަނީ ޔުނައިޓެޑް ދޫކޮށްލަން ކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފިއެވެ.

މީޑިއާތަކައި ވާހަކަ ދައްކަމުން ރައިއޯލާ ބުނީ، އުންމީދަކީ ވީ އެންމެ އަވަހަކަށް ދެފަރާތަށްވެސް ބަލައިގަންނަން ރަނގަޅު ގޮތަކަށް ކަންތައްތައް ނިމުން ކަމަށެވެ.

ރައިއޯލާ މިހެން ބުނެފައިވާއިރު ޕޮގްބާ ވަނީ ނިމިދިޔަ ޖޫން މަހު އެހެން ކްލަބަކަށް ބަދަލުވުމަށް މިއީ އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ބުނެފައެވެ.

ޕޮގްބާ ދިފާއު ކުރަމުން ރައިއޯލާ ބުނީ ޕޮގްބާ އެއްވެސް ނޭދެވޭ ކަމެއް ކޮށްފައިނުވާ ކަމަށައި އޭނާގެ އުޅުމައި އަހުލާގު ހުރީ ވަރަށް ޕްރޮފެޝެނަލްކޮށް ކަމަށެވެ. އޭގެ އިތުރުން، ޕޮގްބާ ބޭނުންވާ ގޮތް ކްލަބަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށްވެސް ރައިއޯލާ ބުންޏެވެ.

ސަޕޯޓަރުންގެ ފަރާތުން ޕޮގްބާއަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެމުން އޭނާގެ ރައިއޯލާ ބުނީ މީހުން ފާޑު ކިޔަނީ ރަނގަޅު މައުލޫމާތައި ނުލާ ކަމަށައި އަދި ޔުނައިޓެޑުން ޕޮގްބާ ދިފާއު ނުކުރުމަކީ ދެރަވާންޖެހޭ ކަމެއް ކަމުގައެވެ. 

Advertisement

ކޮމެންޓް