17 Oct 2018 | 14:04
މީހުންގެ ހިޔާލާ ފިކުރަށް އަންނަ ބަދަލު ދަހެއް ނުވި - ރައީސް ޔާމީން

މީހުންގެ ހިޔާލާ ފިކުރައް ބަދަލު އަންނަ ސަބަބެއް އަދި އެ ބަދަލުވާން އަންނަ ނުފޫޒެއް ނޭގޭ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

މިއަދު ކުއްލި ގޮތަކަށް ރައީސް އޮފީހުގައި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މިހެން ވިދާޅުވެފައި ވާއިރު ވެރިކަމުގައި ހިނގާފައިވާ އުދާގޫ އަދި ރައީސް ޔާމީން އެކަމަކަށް ނުކުޅެދިފައިވާ ކަންކަމާމެދު ވާހަކަދެއްކެވިއެވެ.

"އެންމެ އުނދަގޫ ކަމަށްވީ، އަޅުގަނޑަށް ނުވިސްނު ކަމަކީ މީހުން ދަސްނުވުން، ދަހެއް ނުވި މީހުންގެ ފިކުރާއި ހިޔާލަށް ބަދަލު އަންނަ ސަބަބެއް، އެ ބަދަލުވާން އަންނަ ނުފޫޒެއް އަޅުގަނޑަށް ނޭނގުނު"

ރައީސް އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މައުސޫމް ބައެއްކަމަށާއި ގައުމު އިސްކޮށް ތިއްބެވި ބޭފުޅުން އަމިއްލަ މަސްލަހަތު އިސްކުރާ ނަމަ ގައުމަށް ކުރިއެރުމެއް އަދި ހަމަޖެހުމެއް ނާންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރާއްޖެ އަކީ ކުޑަގައުމަކަށް ވީ ހިނދު ގައުމުގެ އަމާންކަމާއި ސަލާމަތް ރައްކާތެރިކުރުން މުހިންމު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާތަނަށްވެސް ރައީސް ޔާމީން މަސައްކަތް ކުރެއްވީ ގައުމީ ސަލާމަތަށް އިސްކަން ދީގެންކަމަށާއި އަމިއްލަ ފައިމައްޗަށް ތެދުވާން ކުރާ މަސައްކަތުގައި އިސްތިގުލާލަށް ބަލައިގެންކަމަށެވެ.

ބޭރުގެ ނުފޫޒުން ރައްކާތެރިކުރުމަށް ހާރިޖީ ސިޔާސަތުގެ ތެރެއިންނާއި ދާހިލީ ސިޔާސަތުގެ ތެރެއިން މަސައްކަތް ކުރެވުނު ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ނިންމަން އެންމެ އުނދަގޫވި ކަމަކީ ކޮމަންވެލްތުން ނުކުތުމަށް ނިންމި ނިންމުން ކަމުގައްޔާ ނަމަވެސް ކޮމަންވެލްތުގ ނުފޫޒު ބޮޑުކަމުން އެނިންމުން އެގޮތައް ނިންމަންޖެހުނީކަމަށެވެ.

އަދި ދެން ވެސް ހުންނާނީ ސިޔާސީ ޚިދުމަތުގައި ލަފާދާރު ރައްޔިތެއްގެ ގޮތުގައި ކަމުގައިވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ