މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޤީލާ ޢަލީ؛ ފޮޓޯ: މިނިސްޓްރީ އޮފް ހެލްތު
ހަބަރު
27 Apr 2026 | 11:25
ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގާނީ ހިދުމަތް ދެވޭ މިންވަރަށް ބަލައިގެން: ޤީލާ

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގާނީ ހިދުމަތް ދެވޭ މިންވަރަށް ބަލައިގެން ކަމަށް، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުންނެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނެގިގެން ދިއުން، ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް މީހަކު ގެނައުމަކީ، އެއީ ވަކި ހާލަތްތަކެއްގައި ވަކި ކަހަލަ އެސެސެމަންޓްތަކެއް ހެދުމަށްފަހު ނޫނީ ނިންމާ ނިންމުމެއް ނޫން ކަމަށެވެ. 

ގީލާ ވިދާޅުވީ އެ ކުއްޖަކީ ނުވަތަ އެފަރާތަކީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ހާލަތުގައި ހުރި ފަރާތެއްނަމަ، އެފަރާތެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީހަކަށް އަނިޔާއެއް ނޫނީއްޔާ އެ ކުއްޖަކަށް ރިސްކް ތަކެއް ހުރިކަމަށްވާނަމަ، އެކަން އެގޮތަށް ފާހަގަކުރެވިއްޖެނަމަ، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަކީ އެ ކުއްޖާއަށް ނުވަތަ އެ މީހަކަށް އެންމެ ފައިދާ ހުރި ކަމަށް ގޮތުގަ ޓެކްނިކަލީ ނޫނީ ފަންނީ އެސެސްމަންޓްތަކުން ނިންމައިފިނަމަ، ނެގިގެންދަނީ

ފެމިލީ އެންޑް ވެލްވެއާ މިނިސްޓަރު ޤީލާ އަލީ

ވަޒީރު އިތުރަށް ވިދާޅުވީ، އެކި އުމުރުފުރާގެ ކުދިން މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި ހުރިކަމަށާއި، އޭގެ ތެރޭގައި ވަރަށް ތުއްތު ކުދިންގެ އިތުރުން ބޮޑެތި އުމުރުފުރާގެ ކުދިން ވެސް ހިމެނޭ ކަމަށެވެ. 

މިދިޔަ މާރިޗު މަހު އެކަނިވެސް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކުޑަ ކުދިންނާއި ގުޅޭގޮތުން 90 އަށްވުރެ ގިނަ މައްސަލަތައް ދައުލަތައް ހުށަހަޅައިފާވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.