ޔޫއޭއީ.. ފޮޓޯ: ގެޓީ އިމޭޖް
ދުނިޔެ
04 May 2026 | 23:19
އީރާނުން ފޮނުވާލި ޑްރޯނެއް ޔޫއޭއީގެ ތެއޮ އުފައްދާ ކާރުހާނާއަކަށް އަމާޒުވެއްޖެ

އީރާނުން ފޮނުވާލި ޑްރޯން ހަމަލާއެއް ޔޫއޭއީގެ ތެއޮ އުފައްދާ ކާރުހާނާއަކަށް އަމާޒުވެއްޖެއެވެ.

އަލްޖަޒީރާއިން ބުނީ، އީރާނުގެ ހަމަލާއެއް ޔޫއޭއީއަށް އަމާޒުވެފައިވާަކަމަށް އެޤައުމުގެ ދިފާއީބާރުން ޔަގީންކޮށްދީފައިވާކަމަށެވެ. އީރާނުގެ މި ހަމަލާ އަމާޒުވީ، ފުޖައިރާ އެމިރޭޓުގެ ތެޔޮ ފެސިލިޓީއަށެވެ. ޑްރޯން ހަމަލާގެ ސަބަބުން ބޮޑު އަލިފާންގަނޑެއް ފެތުރިގެންދިޔަކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ހާދިސާ ހިނގުމާއެކު އަލިފާން ނިއްވާ ޓީމުތަކުން އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ފުޖައިރާ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޔޫއޭއީގެ އިރުމަތީ އައްސޭރީގައި ހުންނަ މުހިންމު ހަކަތައިގެ މަރުކަޒެއް ކަމަށްވާ ފުޖައިރާ އޮއިލް އިންޑަސްޓްރީ ޒޯނަށް އީރާނުން ފޮނުވާލި ޑްރޯނެއް ހަމަލާ ދިނުމާ ގުޅިގެން އެ ތަނުގައި އަލިފާން ރޯވި ކަމަށެވެ. ސިވިލް ޑިފެންސް ޓީމުތައް ވަގުތުން އެ ސަރަހައްދަށް ފޮނުވައި، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާއިރު، މީހުންނަށް ލިބުނު ގެއްލުމާއި ތަނަށް ލިބުނު ގެއްލުމުގެ ތަފްސީލް އަދި ނޭނގެއެވެ.

މިކަމާ ގުޅިގެން އަދި މިހާތަނަށް އީރާނުން އެއްޗެކޭ ބުނެފައެއް ނުވެއެވެ.

 ޔޫއޭއީ ދިފާއީ ވުޒާރާއިން ބުނެފައިވަނީ އީރާނުން އެ ގައުމަށް ފޮނުވާލި ހަތަރު ކްރޫޒް މިސައިލެއް ދެނެގެންފައިވާ ކަމަށާއި، މީގެ ތެރެއިން ބައެއް ހަމަލާތައް ވައިގެ ދިފާއީ ނިޒާމުން ގޮއްވާލިކަމަށެވެ. އީރާނުން ޔޫއޭއީއަށް ހަމަލާދޭން ފަށާފައިމިވަނީ ހަނގުރާމަ ހުއްޓާކުމަށް އީރާން އާއި އެމެރިކާ އާ ދެގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލާފައި އޮތުމަށްފަހުއެވެ.

ކޮމެންޓް
ހުސަެނުބެ
އީރާނަށް އެގޭނީ މުސްލިމް އަވައްޓެރިންނަށް ހަމަލާ ދޭށެވެ. މެރިއްޔާ މަރާނީ މުސްލިމުންނެވެ. މީ ހަމަ އިސްރޭލްފަދަ ނުބައި ނުލަފާ ބަޔެކެވެ. ކުރީގެ ސީރިޔާގެ އަސަދާއި ގުޅިގެންވެސް ކިތަށް މިލިޔަން ސުންނީ މުސްލިމުން މެރިހެއްޔެވެ؟
05 May 2026
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.