ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ބޯޓެއް ދުއްވަނީ-
ދުނިޔެ
08 May 2026 | 09:45
ހޮރްމުޒް ކަނޑުއޮޅީގައި އެމެރިކާއާއި އީރާނުން ހަމަލާ ބަދަލުކުރަން ފެށުމާއެެކު ތެލުގެ އަގު އިތުރަށް މައްޗަށް

ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާއާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރުމާ ގުޅިގެން ބައިނަލްއަޤުވާމީ ތެލުގެ އަގު އަނެއްކާވެސް ބޮޑު ތަނުން މައްޗަށް ޖެހިލައިފިއެވެ.

އެގޮތުން ހަމަލާ ބަދަލުކުރުން ތަކާއެކު ބްރެންޓް ކްރޫޑް ތެލުގެ އަގު ބުރާސްފަތި ދުވަހު 7.5 އިންސައްތައާ ހަމައަށް އުފުލުނެވެ. ނަމަވެސް މިއަދު އޭޝިއާގެ ބާޒާރުތައް ހުޅުވުނުއިރު އެ އަދަދު ތަންކޮޅެއް ތިރިވެ، ފީފާއެއްގެ އަގު 101.12 ޑޮލަރަށް ވަނީ ތިރިވެފައެވެ. ބުރާސްފަތި ދުވަހު ހުރީ 103.70 ޑޮލަރަށެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދައުރުވާ ހޮރްމޫޒް ކަނޑުއޮޅީގައި މި ހަމަލާތައް ބަދަލުކޮށްފައިވަނީ އެޕްރީލް 7 ގައި ދެ ޤައުމު ދެމެދު އިޢުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އޮއްވައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ބުނީ އެމެރިކާ ކަނޑުގެ ސިފައިންގެ ތިން މިސައިލް ޑެސްޓްރޯޔަރަކަށް އީރާނުގެ މިސައިލާއި ޑްރޯން އަދި ކުދި ބޯޓުތަކުން ހަމަލާ ދިނުމާ ގުޅިގެން، ރައްދު ހަމަލާ ދީފައިވާ ކަމަށެވެ.

އީރާނުގެ ޚަތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސް އިން ބުނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ، އީރާނުގެ ތެޔޮ ޓޭންކަރަކާއި އެހެން އުޅަނދަކަށް އެމެރިކާ އިން ހަމަލާ ދީފައިވާ ކަމަށެވެ. އީރާނުގެ އަސްކަރީ ހެޑްކުއާޓާސް އިން ބުނި ގޮތުގައި ޤެޝްމް ރަށް ހިމެނޭ ގޮތަށް މަދަނީ ސަރަޙައްދުތަކަށް ވެސް އެމެރިކާ އިން ހަމަލާ އަމާޒުކުރިއެވެ.

ކަންމިހެން ހުރި ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއެބައޮތް ކަމަށެވެ. އަދި ފަހުން އީރާނުގެ ދައުލަތުގެ މީޑިއާ އިންވެސް ބުނީ ހާލަތު "އާންމު ހާލަތަށް ރުޖޫޢަވެފައިވާ" ކަމަށެވެ.

ފެބްރުއަރީ ފަހުކޮޅުން ފެށިގެން އީރާނުގެ ހަމަލާތަކުގެ ނުރައްކާ އޮތުމުން އެ ކަނޑުއޮޅީގެ ޝިޕިން ގާތްގަނޑަކަށް ހުއްޓިފައިވާއިރު، ހަނގުރާމައިގެ ކުރިއާ އަޅާ ބަލާއިރު ބްރެންޓް ތެލުގެ އަގު ގާތްގަނޑަކަށް 40 އިންސައްތަ ވަނީ އުފުލިފައެވެ.

ހުކުރު ދުވަހު އޭޝިއާގެ ހިއްސާ ބާޒާރުތައް ހުޅުވުނުއިރު، ޖަޕާނުގެ ނިކެއި 225 އާއި ދެކުނު ކޮރެއާގެ ކޮސްޕީ އާއި ހޮންގް ކޮންގުގެ ހެންގް ސެންގް އެއް އިންސައްތައަށް ވުރެ ބޮޑަށް ވެއްޓުނެވެ. ވޯލް ސްޓްރީޓުގެ އެސް އެންޑް ޕީ 500 ވެސް ގާތްގަނޑަކަށް 0.4 އިންސައްތަ ދަށްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.