އެމެރިކާގެ ރައީސް ޓްރަމްޕް
ދުނިޔެ
11 May 2026 | 08:26
އީރާނުގެ ހުށަހެޅުންތައް ޓްރަމްޕް ބަލައިނުގަތުމުން ތެލުގެ އަގު އުފުލިއްޖެ

އެމެރިކާއާއި އިރާނުންވެސް ދެ ގައުމުގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ދިން ޖަވާބު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަގުތުން ބަލައިނުގަތުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

ދިހަ ހަފުތާއަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމަ އިތުރަށް ދިގުލައިދާނެ ކަމުގެ ބިރު ބޮޑުވެ، ހޯމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. އެމެރިކާއިން މަޝްވަރާތައް އަލުން ފެށުމުގެ އުންމީދުގައި ހުށަހެޅި ހުށަހެޅުމަށް އީރާނުން އާދީއްތަ ދުވަހު ދިން ޖަވާބުގައި މައިގަނޑު ގޮތެއްގައި ބާރުއަޅާފައިވަނީ ހުރިހާ ދިމާލަކުން ހަނގުރާމަ ހުއްޓާލުމަށެވެ.

ޚާއްޞަކޮށް އެމެރިކާގެ ބައިވެރިއެއް ކަމަށްވާ އިސްރާއީލުން، އީރާނުގެ ތާއީދު އޮންނަ ހިޒްބުالله ޖަމާއަތާ ދެކޮޅަށް ލުބުނާނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އީރާނުން ވަނީ ގޮވާލާފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، ތެހެރާނުން ވަނީ ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ހޯދުމަށާއި، ހޯމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ފުރިހަމަ ބާރު އޮންނަންޖެހޭނެއެވެ. 

މީގެ އިތުރުން، އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށާއި، ކުރިއަށް އޮތް ތަނުގައި ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ދިނުމަށާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އީރާނުގެ ތެޔޮ ވިއްކުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްވެސް އީރާނުގެ ހުށަހެޅުމުގައި ހިމެނޭ ކަމަށް އެގައުމުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކުރެއެވެ.

ނަމަވެސް، އީރާނުގެ މި ހުށަހެޅުންތައް ލިބުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ރައީސް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި އެކަން ބަލައިނުގަންނަކަން ހާމަކޮށްފައެވެ. ޓްރަމްޕްގެ 'ޓްރުތް ސޯޝަލް' އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާ އެ ޝަރުތުތައް ގަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ. 

އެމެރިކާއިން ކުރިން ހުށަހަޅާފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ފަދަ ހައްސާސް މައްސަލަތަކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ކުރިން، ހަނގުރާމަ ހުއްޓާލުމަށެވެ.

މި މައްސަލައިގައި ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް ނާދެވި، މަސްލަހަތު ގޯސްވުމާ ގުޅިގެން މިއަދު ތެލުގެ އަގު ފީފާއަކުން 3 ޑޮލަރަށް ވަނީ އުފުލިފައެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޯމުޒް ކަނޑުއޮޅި މިހާރު އޮތީ ބަންދުވެފައި ކަހަލަ ހާލަތެއްގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.