އިންތިހާބުގެ ވޯޓް ނެގުން ކުރިއަށް ދަނީ --
ހަބަރު
16 May 2026 | 18:21
ދ. މީދޫ ރައީސް ހޮވުން: ވޯޓް ނެގުން ޖޫން 13 ގައި

ދ. މީދޫ ކައުންސިލްގެ ރައީސް ކަަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް އަލުން ވޯޓް ނަގަން ޖެހިފައިވާތީ އެވޯޓް އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އަލުން ވޯޓް ނަގަން ޖެހުނީ ހައިކޯޓުން ނިންމި ނިންމުމާއި ގުޅިގެންނެވެ. އެ ކޯޓަށް ވަނީ މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގުނު ވޯޓާއި ގުޅިގެން އިންތިހާބީ މައްސަލައެއް ހުށައަޅާފަ އެވެ.

މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އާއި އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދު އެވެ. އިންތިހާބުގެ ނަތީޖާ ފުރަތަމަ ބުރަވެފައި އޮތީ ސުހާ ކޮޅަށެވެ. ނަމަވެސް ހުށައެލި ޝަކުވާއަކާއި ގުޅިގެން ވޯޓް އަލުން ގުނި އެވެ. އަދި އެއް ވޯޓް ބާތިލު ކަމަށް ކަނޑައެޅި އެވެ. އެއީ ސުހާއަށް ލިބިފައިވާ ވޯޓެކެވެ.

އެހެން ކަމުން ކޮމިޝަނުން ނިންމީ 392 ވޯޓުން އިންތިހާބު ކާމިޔާބު ކުރީ އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދު ކަމަށެވެ. 

އެ ނިންމުން ސުހާގެ ފަރާތުން ހައިކޯޓަށް ހުށައެޅި އެވެ. ހައިކޯޓުން ވަނީ ކޮމިޝަނުން ބާތިލު ވޯޓެއް ކަމަށް ނިންމި ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި އަލުން ނަތީޖާ އިއުލާނު ކުރަން އަމުރުކުރި އެވެ.

އެހެން ކަމުން ދެ ކެންޑިޑޭޓުންނަށް ވެސް ލިބޭނީ 392 ވޯޓެވެ. 

އޭޕްރީލް މަހުގެ ހަތަރުވަަނަ ދުވަހު އޮތް އިންތިހާބުގައި އެންމެ މައްސަލަ ބޮޑުވި ދ. މީދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމުގެ ވޯޓް ޖޫން 13 ވަނަ ދުވަހުގެ ބޭއްވުމަށް ނިންމާ ކޮމިޝަނުން މިހާރު ވަނީ އެކަމުގެ ތައްޔާރީތައް ފަށާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.