ކުއަޑް ބައްދަލުވުމެއްގެ ތެރެއިން... ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
23 May 2026 | 10:11
ކުއަޑްގެ ބައްދަލުވުން އަންގާރަ ދުވަހު، ރޫބިއޯ މިއަދު އިންޑިއާއަށް


އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މި މަހުގެ 26 ވާ އަންގާރަ ދުވަހު ކުއަޑް ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ސަމިޓް ބޭއްވުމަށް ތައްޔާރުވެފައިވާއިރު، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ މިއަދު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި އޭނާ އެންމެ ފުރަތަމަ ވަޑައިގެންނެވީ އިރުމަތީ އިންޑިއާގެ ކޮލްކަތާ އަށެވެ. އެއަށްފަހު މިއަދު ރޫބިއޯ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނިއުދިއްލީއަށެވެ. ދިއްލީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ހާރިޖީ ވަޒީރު ޑރ. އެސް ޖަޔަޝަންކަރާއެކު ބާއްވާ ބައިލެޓްރަލް ބައްދަލުވުންތަކުގައި ދެ ގައުމުގެ ދިފާއީ ގުޅުން ވަރުގަދަކުރުމާއި، ވިޔަފާރިއާއި، ޓެކްނޮލޮޖީ އަދި ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެއެވެ.

މި މަހުގެ 26 ގައި ނިއުދިއްލީގައި ބާއްވާ ކުއަޑް ހާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް ބާއްވާ ވަރަށް މުހިންމު ސަމިޓެކެވެ. އިންޑިއާގެ ހާރިޖީ ވަޒީރު ޖަޔަޝަންކަރު ރިޔާސަތު ބަލަހައްޓަވާ މި ބައްދަލުވުމުގައި އެމެރިކާގެ މާކޯ ރޫބިއޯގެ އިތުރުން އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު ޕެނީ ވޮންގް އަދި ޖަޕާނުގެ ހާރިޖީ ވަޒީރު ތޮޝިމިޓްސޫ މޮޓެގީ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ވަކި ފަރާތަކަށް ނުޖެހޭ، މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދެއް ބޭއްވުމަށާއި، ކަނޑުގެ ސަރަހައްދުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންނެވެ. ބައިނަލްއަގުވާމީ މާހިރުން ދެކޭގޮތުގައި، ދާދިފަހުން ޓްރަމްޕް ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރޫބިއޯ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅާއި ކުއަޑް ބައްދަލުވުމަކީ މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ދަނޑިވަޅެއްގައި ހަތަރު ގައުމުގެ ސްޓްރެޓީޖިކް ބައިވެރިވުން އާ ހިސާބަކަށް ގެންގޮސްދޭނެ މުހިންމު ފިޔަވަޅެކެވެ.

ކުއަޑްއަކީ ޗައިނާގެ ނުފޫޒު އިންޑޯ ޕެސިފިކް ސަރަހައްދުގައި ގަދަވިޔަ ނުދިނުމަށް އެމެރިކާ، އިންޑިއާ، އޮސްޓްރޭލިއާ އަދި ޖަޕާން ގުޅިގެން އުފައްދާފައިވާ ހަތަރު ޤައުމުގެ އިއްތިޙާދެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.