ބޮޑު ޖަމާއަތުގެ ޚަތީބުން --
ހަބަރު
25 May 2026 | 19:08
މާލެ ސަރަހައްދުގައި ޢީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ޚަތީބުން ހާމަކޮށްފި

މި އަހަރުގެ އަޟްހާ ޢީދު ނަމާދު, ބޮޑު ޖަމާއަތުގައި މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ކުރުމަށް ނިންމާފައިވާއިރު ޢީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ޚަތީބުންގެ މައުލޫމާތު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 25 މިސްކިތެއްގައި މިއަހަރުގެ އަޟްހާ ޢީދު ނަމާދުކުރުމަށް ހަމަޖައްސާފަ އެވެ.

މާލޭ ސަރަހައްދުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އީދު ނަމާދުކުރުމަށް ހަމަޖައްސާފައިވަނީ، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގަ އެވެ. 

މާލެ ބޮޑު ޖަމާޢަތުގެ ޚަތީބަކީ އައްޝައިހް އަބްދުالله ސަޢުދާނެވެ. ވިލިމާލެ ބޮޑު ޖަމާޢަތުގެ ޚަތީބަކީ އަލްޤާރީ އަހްމަދު ރިޔާޟް އެވެ. ހުޅުމާލެ ފޭސް އެކެއްގެ ބޮޑު ޖަމާޢަތުގެ ޚަތީބަކީ އައްޝައިޚް ނަޞްރުالله ޢަލީ އެވެ. ފޭސް ދޭއްގެ ބޮޑު ޖަމާޢަތުގެ ޚަތީބަކީ ޒުވާން ޚަތީބު އަލްހާފިޡް މުޙައްމަދު ޙަނޫން ހުސައިންނެވެ.

އިސްލާމީ މަރުކަަޒުގައި އިމާމުވެ ޢީދު ނަމާދު ކުރައްވާނީ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަތީފެވެ. މަސްޖިދު މަލިކު ސަލްމާންގެ އިމާމަކީ އައްޝައިޚް އިބްރާހިމް ރަޝީދު ޙަސަން އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގައި ޢީދު ނަމާދު ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

މިފަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ ބުދަ ދުވަހެވެ. ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7 ޖަހާއިރު އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.