އިމާމު ޝައިޚް ޑރ. ޢަލީ ބިން ޢަބްދުއްރަޙްމާން އަލް-ޙުޛައިފީ އާއި ޝެއިޚްގެ ދަރިކަލުން ޝައިޚް އަޙްމަދު ބިން ޢަލީ އަލް-ޙުޛައިފީ-
ދުނިޔެ
26 May 2026 | 12:04
ޢަރަފާތު ދުވަހުގެ ޚުތުބާ ބައްޕަ ދެއްވާއިރު، ނަބަވީގައި ޢީދު ޚުތުބާ ދެއްވާނީ ދަރިފުޅު

1447 ވަނަ އަހަރުގެ، މި އަހަރުގެ އަރަފާތު ދުވަހުގެ ޚުތުބާ މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ޢަލީ ބިން ޢަބްދުއްރަޙްމާން އަލް-ޙުޛައިފީ ދެއްވާއިރު، ނަބަވީގައި ޢީދު ޚުތުބާ ދެއްވާނީ ޝެއިޚްގެ ދަރިކަލުން ޝައިޚް އަޙްމަދު ބިން ޢަލީ އަލް-ޙުޛައިފީ ކަން އިއުލާންކޮށްފިއެވެ.

މި އަހަރުގެ ޢަރަފާތް ދުވަހު، މިއަދު މަސްޖިދު ނަމިރާގައި ޢަރަފާތް ދުވަހުގެ ޚުތުބާ ދެއްވާަނީ ޝައިޚް ޢަލީ އަލް-ޙުޛައިފީއެވެ.

ސައުދީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ މި ޚުތުބާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ފަސޭހައިން އަޑުއަހާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.

އެގޮތުން 30 އަށްވުރެ ގިނަ ބަހުން ޚުތުބާ ވަގުތުން ތަރުޖަމާކޮށް ދުރަށް ދައްކަން ހަމަޖެހިފައިވާއިރު، ކިއު.އާރު ކޯޑު މެދުވެރިކޮށް ލައިވް އޯޑިއޯ އަދި ލިޔުމުން ތަރުޖަމާ ފެންނާނެހެން އިންތިޒާމުތައް ވަނީ ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން، އަޟްޙާ ޢީދު ދުވަހު، މާދަމާ މަދީނާގެ މަސްޖިދުއްނަބަވީގައި ޢީދު ނަމާދު އިމާމުވެ ކުރައްވައި ޢީދު ޚުތުބާ ދެއްވާނީ ޝެއިޚް ޢަލީ އަލް ޙުޛައިފީގެ ދަރިކަލުން ޝައިޚް އަޙްމަދު ބިން ޢަލީ އަލް-ޙުޛައިފީއެވެ.

އަހުމަދަކީ، ހާފިޒު ކަމުގެ ސަނަދު ހާސިލުކުރައްވާފައިވާ ސައުދީގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާއިރު، އޭނާއަކީ، މަސްޖިދުއް ނަބަވީގެ އިމާމެކެވެ.

އޭގެއިތުރަށް، ބައްޕާފުޅު އަލީ ބިން އަލް-ޙުޛައިފީއަކީވެސް ހާފިޒެކެވެ.

ބައްޕަ އާއި ދަރިއަކު ހައްޖާއި ގުޅުން ހުރި މުހިންމު ދެ ޚުތުބާ ދެއްވުމަކީ ތާރީޚީ ކަމެކެވެ. މިކަން ދުނިޔޭގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ