ޢީދު ޚުތުބާ އަޑު އަހަނީ-
ދީން
27 May 2026 | 08:24
ޢީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކޮށް، ދީނާ ފުށުއަރާކަންކަން ކޮށްގެން ނުވާނެ: ޢީދު ޚުތުބާ

ބަރަކާތްތެރި އަޟުޙާ ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ޝަރީޢަތުގެ މިންގަނޑުތަކުން ބޭރުނުވުމަށާއި، ޢީދުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި ދީނާ ފުށުއަރާ ކަންކަން ނުކުރުމަށް މިއަދުގެ ޢީދު ޚުތުބާގައި ގޮވާލައިފިއެވެ.

"ޢީދުގެ އަދަބުތައް" މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޢީދު ޚުތުބާގައި ބުނެފައިވާ ގޮތުގައި، ޢީދަކީ މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއް ނަމަވެސް، އެކަންކަން އޮންނަންވާނީ އިސްލާމީ އިންތަކުގެ ތެރޭގައެވެ. އެގޮތުން ޢީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް މަލާމާތްކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމުގެ އިތުރުން ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުމަކީ ދުރުހެލިވާންޖެހޭ ކަންކަން ކަމުގައި ޚުތުބާގައި ބުންޏެވެ.

ޢީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުމާއި މިކަންކަމުން ދުރުހެލިވާންޖެހޭނެއެވެ. އަދި ޢީދުގެ އެންމެހައި ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް اللهއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކުރާށެވެ! ޢީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ޘަޤާފަތާ ޚިލާފު، އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ.

ޚުތުބާ

ޚުތުބާގައި ބުނި ގޮތުގައި މިއަދަކީ މުޅި އަހަރުތެރޭގައި އަންނާނެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ޢީދުގައި މާތް الله ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރުކިޔުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ޙައްޖުމަސް ފެށުމާއެކު އެމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ގޭގޭގައްޔާއި މަގުތަކުގައި އަޑުހަރުކޮށް ތަކުބީރުކިޔުމަކީ ރަސޫލާގެ އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅު ހުރި ގޮތްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

އަޟުޙާ ޢީދުގެ އެންމެ މުހިންމު އެއް އަޅުކަން ކަމުގައިވާ އުޟްޙިޔާ ކަތިލުމާ ގުޅޭގޮތުން ވާހަކަދައްކަމުން، އެއީ އިބްރާހީމް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް މާތް اللهގެ އަމުރުފުޅަށް ކިޔަމަންތެރިވެ ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ހަނދާން އާކޮށްދޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އުޟުޙިޔާ ކަތިލުމަކީ މިއަދުގެ އިސްލާމީ ޝަރީޢަތުގައި ވެސް ގަދަވެގެންވާ ސުންނަތެއްކަން ބަޔާންކުރިއެވެ.

މިއަދުގެ ޚުތުބާގައި ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުސްލިމުންނަށް ޢީދުގެ ތަހުނިޔާ ކިޔައި، އެމީހުން ޢީދުގެ އުފަލުގައި ބައިވެރިކުރުމަށް ބާރުއަޅާފައެވެ. ހަމައެއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތި ހާލުގައި ތިބި މުސްލިމުންނާއި، ޚާއްޞަކޮށް ފަލަސްޠީނ ފަދަ ޤައުމުތަކުގައި ޤަތުލުޢާންމުތަކާ ކުރިމަތިލަމުންދާ އަޚުންނާއި އުޚުތުންގެ މަތިން ހަނދާންކޮށް، އެމީހުންނަށްޓަކައި ހެޔޮ ދުޢާކުރުމަށް އިލްތިމާސްކުރިއެވެ.

ނިންމާލަމުން ޚުތުބާގައި ގޮވާލާފައިވަނީ، ޢީދުގެ ބޮޑު ޖަމާޢަތުން ވަކިވުމުގެ ކުރިން އެކަކު އަނެކަކަށް މަޢާފުކޮށް، ހިތްތައް ސާފުކުރުމަށެވެ. އަދި ބޮޑާކަމާއި ޙަސަދަވެރިކަން ހިތުން ފިލުވައިލުމަށާއި، ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ހަނދާނަށް ގެނެސް ސަލާމަތް ހިތަކާއިގެން މާތް اللهއާ ބައްދަލުކުރުމަށް ތައްޔާރުވުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.