އަމިތް ޝާހް... ފޮޓޯ؛ ދި ހިންދޫ
ދުނިޔެ
28 May 2026 | 22:52
އަމިތު ޝާހުގެ އިންޒާރެއް: މަސްތުވާތަކެތީގެ ނެޓްވޯކްތައް ނައްތާލުމަށް ގާނޫނުތައް އެއްގޮތްކުރަން ޖެހޭ

ވަކިވަކި ގައުމުތަކުގައި ހުރި ތަފާތު ގާނޫނުތަކަކީ މަސްތުވާތަކެތީގެ ކާޓެލްތަކަށް ލިބޭ އެންމެ ބޮޑު ހަތިޔާރު ކަމަށާއި، އެކަން އިސްލާހު ކުރުމަށް ދުނިޔެއަށް އޮތް ވަގުތު ކުޑަތަންވަމުންދާ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވެއްޖެއެވެ.

ދިއްލީގައި އޮތް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަމިތު ޝާހު ވިދާޅުވީ މަސްތުވާތަކެތީގެ ގާނޫނުތައް އެއްގޮތްކުރުމަށާއި، އަދަބުތައް އެއް މިންގަނޑަކަށް ފެއްތުމަށާއި، ވަގުތުން ވަގުތަށް އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށާއި، އަދި މަސްތުވާތަކެތީގެ ނެޓްވޯކްތަކުގެ އިސްވެރިން އެހެން ގައުމުތަކުން ހޯދައި ހަވާލުކުރުމަށް ގޮވާލެއްވިއެވެ. އެހެން ނޫންނަމަ، މަސްތުވާތަކެތީގެ ނުފޫޒު ހިނގާ ގައުމުތައް ދުނިޔޭގެ ބާރުގެ މަރުކަޒުތަކަށް ވެގެންދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

އިންޑިއާގެ މަރުކަޒީ ޖާސޫސީ އިދާރާ ރޯގެ ބާނީ ރަމޭޝްވަރު ނާތު ކާއޯގެ ޝަރަފުގައި ބާއްވާ އަހަރީ ތަގުރީރު ސިލްސިލާ، އާރް.އެން. ކާއޯ މެމޯރިއަލް ލެކްޗަރ 2026 ގައި ވާހަކަދައްކަވަމުން އަމިތު ޝާހު މުހާތަބު ކުރެއްވި ސަފީރުންނާއި، ހައިކޮމިޝަނަރުންނާއި، 40 އަށްވުރެ ގިނަ ގައުމުގެ ޑިޕްލޮމޭޓުންނާއި، ކާއޯގެ އާއިލާގެ މެންބަރުންގެ އިތުރުން އިންޑިއާގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން ހިމެނޭ ސައްލާއަކަށެވެ. މިއަހަރުގެ މި ފޯރަމް ބޭނުންކޮށްފައިވަނީ އިންޓެލިޖެންސްގެ މާޒީގެ ހަނދާންތައް އާކުރުމުގެ ބަދަލުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅު އެޅުމަށް މުސްތަގުބަލަށް އަމާޒުކޮށް ގޮވާލުމަކަށެވެ.

އަށް ބިލިއަންގެ އާބާދީއަކާއި، 195 ގައުމާއި، އަދި 250,000 ކިލޯމީޓަރުގެ ބައިނަލްއަގުވާމީ ބޯޑަރުތައް ހިމެނޭ މި ދުނިޔެއަށް، ވަކިވަކި ގައުމުތަކުން ވަކިވަކިން ކުރާ މަސައްކަތްތަކުން މަސްތުވާތަކެތީގެ މައްސަލައެއް ހައްލެއް ނުކުރެވޭނެކަމަށް އަމިތު ޝާހު ވިދާޅުވިއެވެ.

އަމިތު ޝާހު ވިދާޅުވި ގޮތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ލީޑަޝިޕްގެ ދަށުން އިންޑިއާއިން ވަނީ 2047 ވަނަ އަހަރާ ހަމައަށް މަސްތުވާތަކެތިން ސަލާމަތްވެފައިވާ އިންޑިއާއެއް ބިނާކުރުމުގެ ލަނޑުދަނޑި ކަނޑައަޅާފައެވެ. އަދި އިންޑިއާގެ ސަލާމަތީ އިދާރާތަކުން މަސްތުވާތަކެތީގެ ސިންޑިކޭޓްތައް ނައްތާލުމަށް ރޯޑްމެޕެއް ތައްޔާރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިންޑިއާއިން ގެންގުޅޭ ޒީރޯ-ޓޮލަރެންސް ސިޔާސަތުގެ މާނައަކީ، އެންމެ ގްރާމެއްގެ މަސްތުވާތަކެތިވެސް ގައުމަށް އެތެރެވިޔަނުދިނުން ނުވަތަ އިންޑިއާގެ ސަރަހައްދު ޓްރާންސިޓް ރޫޓެއްގެ ގޮތުގައި ބޭނުންކުރިޔަ ނުދިނުން ކަށަވަރުކުރުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ