ކުރީގެ ރައީސް ޞާލިޙް- ފޮޓޯ/ އެމްޑީޕީ
ހަބަރު
05 Jun 2026 | 13:24
ގޮނޑި އަނބުރާހޯދައިދޭނަމަ، ޕީއެންސީން ވަކިވާން ތައްޔާރު މެންބަރުން އެބަތިބި؛ މިއަހަރު ރައީސް މުޢިއްޒު އިސްތިއުފާދެއްވަން ޖެހޭނެ: ޞާލިޙް

މިއަހަރު ނިމުމުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާ، މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް ޢަބްދުالله ޞާދިޤު (ސޯބެ)ގެ ކެންޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޞާލިޙް ވިދާޅުވީ، މި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ”ގައިގައި ތަޅުއަޅުވާފައި“ ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންނަށް މެމްބަރުން ވެވަޑައިގެންފައިވާ ވަޢުދުތައް ސަރުކާރުން ފުއްދައި ނުދިނުމުންވެސް އެ މެންބަރުން ތިބެންޖެހެނީ ޕާޓީގައި ކަމަށާ، އެއީ އެކަން އޮންނަންވީ ގޮތް ނޫން ކަމަށް ޞާލިޙް ވިދާޅުވިއެވެ. 

ސަރުކާރުން ވަޢުދުތަކާއި ޚިލާފްވާނަމަ، މެންބަރު ހޮވުނު ޕާޓީ ދޫކޮށް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޙައްގު އޮންނަންވާނެ ކަމަށްވެސް ޞާލިޙް ވިދާޅުވިއެވެ. 

މިމޭރުމުން އިތުރަށް ވާހަކަދައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ޕީއެންސީން ވަކިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ މެންބަރުން މިހާރުވެސް އެބަތިބި ކަމަށާ، ތިން ރައީސުން އެ މެންބަރުން ހޮވަން މަސައްކަތްކުރާނެ ނަމަ، ޕާޓީ ދޫކޮށްލަންވެސް އެބޭފުޅުން ތިބީ ތައްޔާރަށް ކަމަށެވެ.

އަޅުގަނޑަށް މީގެ ދެ ދުވަސް ކުރިން ގުޅި. ޕީއެންސީގެ މަޖިލިސް މެމްބަރެއް. ތިމަންނައާ އެކު އެބަތިއްބޭ އެތައް މިތަށް މެމްބަރުން. މިއީ ހަމަ ޞަރީޙަ ތެދު ވާހަކައެއް އަޅުގަނޑު މިދައްކަނީ. މިވަގުތު ވެސް މިތިބީ ޕީއެންސީ ދޫކޮށްފައި ނުކުމެ، މި ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތްކުރަން ތައްޔާރަށޭ، ޔަގީންކަން ދެއްވާށޭ. އަޅުގަނޑު ގާތުގައި ވިދާޅުވީ ތިމަންމަމެންނަށް ޔަގީން ކަމެއް ތިބޭފުޅުން ދެއްވަބައްލަވާށޭ. އެ އިޝާރާތް ކުރީ އަޅުގަނޑަށާއި، ރައީސް ނަޝީދަށްށާއި، ރައީސް ޔާމީނަށް. ތި ތިން ބޭފުޅުން މަސައްކަތްތަކެއް ފައްޓަވާފީމެއްނުންހޭ. ތިމަންނަމެން ޕާޓީ ދޫކޮށްފަ ނުކުތީމަ ގޮނޑި ގެއްލުނީމަ އެގޮނޑި ތިމަންނަމެންނަށް ހޯދައިދިނުމަށް އަޅުގަނޑުމެން ތިން މީހުން މިއަދު އެއްބަސްވިޔަސް ތިމަންނަމެން މިތިބީ މިސަރުކާރު ޖަވާބުދާރީ ކުރުވުމަށް ނުކުންނަން ތައްޔާރައްށޭ. 

ރައީސް ޞާލިޙް

ރައީސް ޞާލިޙް ވިދާޅުވީ، ”ތިލަފަތަށް ބަރުވަމުން އަންނަ“ ކަމަށާ، ކުރިއަށް އޮތް މަޖިލިސް ބައި އިލެކްޝަން އާއެކި އެމްޑީޕީގެ މަސައްކަތް ފުޅާވެ، ސަރުކާރު ޖަވާބުދާތީ ކުރުވުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. 

”އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރީން ރައީސް މުޢިއްޒު ޖަވާބުދާރީ ކުރުވާނަން، ނޫނިއްޔާ މަނިކުފާނަށް ޖެހިވަޑައިގަންނަވާނެ ވެރިކަންދޫކޮށްފައި ވަޑައިގަންނަވަން.“

ރައީސް ޞާލިޙް

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.