އޮސްޓްރޭލިއާ އަދި އިންޑިއާގެ އިސްވެރިން.. ފޮޓޯ: އޭއެސްޕީއައި
ދުނިޔެ
27 Jun 2026 | 11:45
އޮސްޓްރޭލިއާގެ ތަރައްޤީގެ ތަސައްވަރުގައިވާގޮތަށް އިންޑިއާއާއެކު އޮންނަ ގުޅުން ބަދަހިކުރަނީ

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް، 2050 ވަނަ އަހަރާ ހަމައަށް އެ ގައުމުގެ އިގްތިސާދީ އަދި ސްޓްރެޓީޖިކް މުސްތަގުބަލު ބައްޓަންކުރުމަށް ގެންގުޅުއްވާ ތަޞައްވުރު ހާމަކުރައްވައިފިއެވެ.

ވެރިރަށް ކެންބަރާގައި، ކޮމިޓީ ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފް އޮސްޓްރޭލިއާ އިން އިންތިޒާމުކޮށްގެން ބޭއްވި "ސްޓޭޓް އޮފް ދަ ނޭޝަން" ކޮންފަރެންސްގައި ވާހަކަދައްކަވަމުން އަލްބަނީޒް ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން އިންޑިއާއާ އެކު އޮންނަ ގުޅުން ވަރުގަދަކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް އާއި ސާފު ހަކަތައަށް ބަދަލުވުމަކީ އޮސްޓްރޭލިއާގެ ކުރިއެރުމަށް އެންމެ މުހިންމު ކަންތައްތައްކަމަށެވެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވާ ބަދަލުތަކަށް އިންތިޒާރުކޮށްގެން ތިބުމުގެ ބަދަލުގައި، އޮސްޓްރޭލިއާއިން އިސްނަގައިގެން އެ ބަދަލުތައް ބައްޓަންކުރަންޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޕެސިފިކް ސަރަހައްދުގެ ގައުމުތަކާ އެކު އޮންނަ ގުޅުންތަކަށް އަލިއަޅުއްވާލައްވަމުން އަލްބަނީޒް ވިދާޅުވީ، ޗައިނާއާ އެކު އޮންނަ ގުޅުން ހަމަހަމަކުރުމާއި، ދެކުނު އިރުމަތީ އޭޝިއާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ އިތުރުން އިންޑިއާއާ އެކު އޮންނަ ގުޅުން އާ އުސްމިންތަކަށް އުފުލުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. ޚާއްޞަކޮށް އިންޑިއާ އާއި އޮސްޓްރޭލިއާގެ ދެމެދުގައިވާ ސްޓްރެޓީޖިކް ޕާޓްނަޝިޕްގެ ދަށުން، މުހިންމު މިނަރަލްތަކާއި، ޓެކްނޮލޮޖީ، ތައުލީމު އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އޭއައި ޓެކްނޮލޮޖީގެ ސަބަބުން ވަޒީފާތަކަށް ބަދަލުތަކެއް އައި ނަމަވެސް، އޭގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރަންޖެހޭ ކަމަށާއި، އޮސްޓްރޭލިއާގެ އަމިއްލަ އުފެއްދުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.