ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު: ފޮޓޯ/ މަޖިލިސް
ހަބަރު
07 Jul 2026 | 11:55
ޢަރަބިއްޔާގެ އައު އިމާރާތް ނޮވެންބަރު މަހު ނިންމާލެވޭނެ؛ އަންނަ އަހަރު ކިޔަވައިދޭނީ އެ އިމާރާތުގައި: ޑރ.ޝަފީއު

ޢަރަބިއްޔާ ސުކޫލުގެ އައު އިމާރާތުގެ މަސައްކަތް އަންނަ ނޮވެންބަރު މަހުގައި ނިންމާލެވޭނެ ކަމަށާ، އަންނަ ދިރާސީ އަހަރުގައި ކިޔަވަން ފަށާއި އެ ސުކޫލުދަރިވަރުން ކިޔަވާނީ އައު އިމާރާތުގައި ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަފީއު ވިދާޅުވީ، އަރަބިއްޔާ ސްކޫލުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

”އުއްމީދު ކުރެވެނީ ނޮވެމްބަރު މަހުގައި މަސައްކަތް ނިމި މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ އަރަބިއްޔާގެ އައު އިމާރާތުގައި ކިޔަވައިދޭން ފެށޭނެ.“

ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު

މިއާއެކު ވަޒީރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އެންމެ ހިތްދަތި ގޮތަކަށް ކަންކުރި ސުކޫލަކީ ޢަރަބިއްޔާ ސުކޫލު ކަމަށެވެ.

”އެމްޑީޕީގެ ފުރަތަމަ ދައުރުގައި ސުކޫލުހުރި ބިން ނަގައި، ރެފިޔުޖީން ތަކެއްގެ ގޮތުގައި ކުދިން ގެނގުޅުނީ. ދެވަނައަށް އެމްޑީޕީއަށް ވެރިކަން ލިބުނުއިރުގައިވެސް ކުދިން އެކި ތަންތަނަށް ބަހަމުން ދިޔައީ. މިހާރު ސައުދީ އެމްބަސީ ހުރި ބިލްޑިންގްގައި. އަދި އޭގެ ފަހުން ކުރީގައި ދަރުމަވަންތަ ހިންގި އިމާރާތުގައި. އެކި ތަންތަނަށް ބަހަމުން ގޮސް ވަރަށް ނޭދެވޭ އަސަރު ސުކޫލަށް ކުރި.“

ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު

ވަޒީރު ވިދާޅުވީ މި ސަރުކާރުން އައު އިމާރާތް އަޅަމުންދަނީ ސުކޫލުގެ ބެލެނިވެރިންނާއި މަސްލަޙަތުވެރިންގެ މަޝްވަރާއާ އެއްގޮތަށް ކަމަށާ އެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށެވެ. 

އަރަބިއްޔާ ހިންގަމުންދިޔަ އިމާރާތް ބާވެ، އެތަނުގައި ކިޔަވައިދިނުން ދަރިވަރުންނަށް ރައްކާތެރި ނުވާ ހިސާބަށް ދިޔުމުން ދަރިވަރުން ވަގުތީ އިމާރާތްތަކުގައި ކިޔަވަމުންދާތާ އެތައް އަހަރުތަކެއް ވެއްޖެ އެވެ. އެހެންކަމުން އެ ސުކޫލަށް އައު އިމާރާތެއް އަޅައިދެއްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްވެސް ވަޢުދުވެވަޑައިގެންނެވިއެވެ. ނަމަވެސް ދައުރު ނިމުނުއިރު ވެސް މަސައްކަތް ނުފެށެއެވެ.

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން، އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ކުރިން ހަމަޖެއްސި ބާ ޖަމާލުއްދީން ހުރި ބިމުގެ ބަދަލުގައި އެ ސްކޫލް އަޅަން އެއަށް ވުރެ ޖާގަ ތަނަވަސް، 386 ނަންބަރު ކޮށި ވަނީ ހަމަޖައްސައިދެއްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.