އަމްރިތާގެ ހޮސްޕިޓަލެއް.. ފޮޓޯ: އަމްރީތާ ވެބްސައިޓް
ހަބަރު
14 Jul 2026 | 21:11
އަމްރިތާ ހޮސްޕިޓަލާއެކު އެއްބަސްވުން އާ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: އާސަންދަ

އިންޑިއާގެ އަމްރީތާ ހޮސްޕިޓަލާއެކު އާސަންދައިން ގާއިމްކޮށްފައި އޮތް އެއްބަސްވުން އާ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އަމްރިތާ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު، އެ ހޮސްޕިޓަލަށް ބަލިމީހުން ފޮނުވުން މިވަގުތަށް ވަނީ މަޑުޖައްސާލާފައެވެ. ނަމަވެސް ފަރުވާ ހޯދަމުން އަންނަ ބަލިމީހުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ ހޮސްޕިޓަލުން ހިދުމަތް ދެމުންދެއެވެ.

މިކަމާ ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން އާސަންދައިން ބުނީ، އަލުން ބަލިމީހުން ފޮނުވޭނެ ސީދާ ތާރީހެއް އަދި ކަނޑަނޭޅުނު ނަމަވެސް އެގްރީމެންޓް އާކުރުމުގެ މުއާމަލާތްތައް ކުރިއަށްދާކަމަށެވެ. އާސަންދަ ކުންފުނިން ބުނީ އަމްރީތާ ހޮސްޕިޓަލާއެކު އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވެފައި އޮތްނަމަވެސް އާސަންދައިގެ ދަށުން ބޭސްފަރުވާ ހޯދަމުންދާ މީހުންނަށް ހިދުމަތް ލިބޭނޭކަމަށެވެ. އަމްރީތާ ހޮސްޕިޓަލަކީ އެންމެގިނައިން ފަރުވާ ހޯދަން ދާ އެއް ހޮސްޕިޓަލެވެ. 

ބޭރުގެ ހޮސްޕިޓަލްތަކާއެކު އާސަންދައިން ހަދާފައި އޮންނަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މީގެ ކުރިންވެސް ބަލިމީހުން ފޮނުވުމުގެ ކަންކަން މެދުކަނޑާލިނަމަވެސް ފަރުވާ ހޯދަމުން އަންނަ ބަލިމީހުންގެ ކަންކަން ހަމަޖެހިފައިވާ އުސޫލުގެ މަތިން ކުރިއަށްގެންދެއެވެ. ދައުލަތުގެ ބަޖެޓުން އެންމެބޮޑު އެއް ހަރަދެއް ހިނގަނީ ސިއްހީ ދާއިރާއަށެވެ. މީގެ ތެރެއިންވެސް ދައުލަތުގެ ހަރަދުގައި ބޭރުގެ ހޮސްޕިޓަލްތަކުން ބޭސްފަރުވާ ކުރުމަށް ބޮޑެތި ހަރަދުތަކެއް ހިނގާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. 

އާސަންދައިގެ ދަށުން އެންމެ ބޮޑު ހޭދައެއް ހިނގަނީ އަވައްޓެރި އިންޑިއާގެ ހޮސްޕިޓަލްތަކަށެވެ. އެގޮތުން އެންމެބޮޑު ހޭދައެއް ހިނގާ އެއް ހޮސްޕިޓަލަކީވެސް އަމްރިތާ ހޮސްޕިޓަލެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.