ނަރެންދުރަ މޯދީ ޕާލިމެންޓްރީ ބައްދަލުވުމެއްގައި.. ފޮޓޯ: ޕީޓީއައި
ދުނިޔެ
24 Jul 2026 | 01:21
ނީޓް ޕޭޕަރު ލީކްވި މައްސަލާގައި އިންޑިއާގެ ތަޢުލީމީ ވުޒާރާގެ ސެކްރެޓަރީ ބަދަލުކޮށް ހަރުކަށި ފިޔަވަޅު އަޅަނީ

އިންޑިއާގެ ޔުނިވާސިޓީ ވަނުމުގެ އިމްތިޙާނެއް ކަމުގައިވާ ނީޓް-ޔޫޖީގެ ސުވާލު ކަރުދާސް ލީކުވި މައްސަލައިގެ ޒިންމާ އުފުލި ހަޔާ އެޑިއުކޭޝަން ސެކްރެޓަރީ ވިނީތު ޖޯޝީ މަޤާމުން ދުރުކޮށް، އިމްތިޙާނުގެ މަކަރާ ދެކޮޅަށް ވަރުގަދަ ޤާނޫނީ ފިޔަވަޅު ހުކުރު ދުވަހުގެ ކެބިނެޓުން އިޢުލާންކުރާނެ ކަމަށް ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ހުސްވި އަހަރުގެ ޖެނުއަރީން ފެށިގެން ހަޔާ އެޑިއުކޭޝަން ޑިޕާޓްމެންޓުގެ ވެރިއެއްގެ ގޮތުގައި ހުރި ޖޯޝީ ބަދަލުކުރީ ޕަންޗާޔަތީ ރާޖް ވުޒާރާގެ ސެކްރެޓަރީގެ މަޤާމަށެވެ. ޑިޕާޓްމެންޓް އޮފް ޕާސަނެލް އެންޑް ޓްރެއިނިންގުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައިވާ ގޮތުން ޖޯޝީގެ ބަދަލުގައި އެ މަޤާމަށް ހަމަޖެއްސީ ޑިޕާޓްމެންޓް އޮފް އެނިމަލް ހަޒްބެންޑރީ އެންޑް ޑެއިރީންގގެ ސެކްރެޓަރީ ނަރެޝް ޕާލް ގަންގްވާރެވެ. މީގެ އިތުރުން ސްކޫލް އެޑިއުކޭޝަން އެންޑް ލިޓެރަސީ ޑިޕާޓްމެންޓުގެ ސެކްރެޓަރީ ކަމަށް ޓީ.ކޭ. އަނިލް ކުމާރު ވެސް ހަމަޖައްސާފައިވެއެވެ. މި ބަދަލުތަކާ އެކު ތަޢުލީމީ ވުޒާރާގެ ދެ ޑިޕާޓްމެންޓުގެ ޒިންމާއިން ވެސް ޖޯޝީ ވަނީ ވަކިކޮށްފައެވެ.

ނީޓް-ޔޫޖީ އިމްތިޙާނު ހިންގަމުން ގެންދިޔައީ ހަޔާ އެޑިއުކޭޝަން ޑިޕާޓްމެންޓުގެ ދަށުން ހިނގާ ނެޝަނަލް ޓެސްޓިން އެޖެންސީ (އެންޓީއޭ) އިންނެވެ. މިއަހަރުގެ މެއިމަހުގެ ތިންވަނަ ދުވަހު ބޭއްވި އެ އިމްތިޙާނު ސުވާލު ކަރުދާސް ކުރިން ލީކުވެފައިވާ މައްސަލަ ފެންމަތިވުމާ ގުޅިގެން މެއި 12 ގައި އިމްތިހާނު ކަރުދާސް ބާޠިލުކުރިއެވެ. އެ އިމްތިޙާނު ބާތިލްކުރިކަމަށް ކަނޑައެޅިއިރު ގާތްގަނޑަކަށް 22.7 ލައްކަ ދަރިވަރުން ވަނީ އިމްތިހާނު ހެދުމަށް ރެޖިސްޓާ ކޮށްފައެވެ. މި މައްސަލަ ސީބީއައިއަށް ހަވާލުކޮށް އެކި ސްޓޭޓްތަކުން މީހުން ހައްޔަރުކޮށްފައިވާ އިރު ޖޫން 21 ގައި އަލުން އިމްތިޙާނު ބާއްވައި ޖުލައި 16 ގައި ނަތީޖާ ވެސް ވަނީ ނެރެފައެވެ.

ޕޭޕަރު ލީކާ ދެކޮޅަށް އާންމުން ނުރުހުން ފާޅުކުރަމުން ދިޔަ އިރު ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ނަމުގައި ހިންގި ޙަރަކާތެއް ޖަންތަރް މަންތަރުގައި ގާތްގަނޑަކަށް މަހެއް ވަންދެން ކެމްޕް ޖަހައިގެން ކުރިއަށް ގެންދިޔައެވެ. ޖޫން 28 ގައި ސޯނަމް ވަންޗުކް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފެށި އިރު 26 ވަނަ ދުވަހަށް އެ ހަޅުތާލު ކުރިއަށް ގެންގޮސްފައިވެއެވެ. ސީޖޭޕީން ޑިމާންޑް ކުރަނީ ތަޢުލީމީ ވަޒީރު ދަރުމެންދުރަ ޕުރަދާން އިސްތިއުފާ ދިނުމާއި ނީޓް ބައިވެރިންގެ ތެރެއިން އަމިއްލައަށް މަރުވި ދަރިވަރުންގެ ޢާއިލާތަކަށް ބަދަލު ދިނުމާއި އިމްތިޙާނީ ނިޒާމު އިޞްލާޙު ކުރުމެވެ. މުޒާހަރާގެ ބައިވެރިން ޕާލަމެންޓާ ދިމާއަށް މިސްރާބް ޖެހުމުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ދަނޑިބުރި ބޭނުންކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރާ ގާތްގާތުގައި މޯދީ އެކްސްގައި ޝާއިޢުކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ، ޕޭޕަރު ލީކްވުން އާދައިގެ ކަމެއްގެ ގޮތުގައި ނުނަގާނޭކަމަށެވެ. މިކަމަކީ އެތައް ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ނުހަނު ހިތްދަތިކަން ކުރުވި ކަމެއްކަމަށް މޯދީ ފާހަގަކުރެއްވިއެވެ. 

މޯދީ ވިދާޅުވީ މިކަމުގައި ފާސްޓް ޓްރެކް ކޯޓުތައް ޤާއިމުކުރުމާއި ހަރުކަށި އަދަބު ހިމެނޭ ޑްރާފްޓެއް މިހާރު އެކުލަވާލައި ނިމިފައިވާކަމަށެވެ. މިކަމާ ގުޅޭގޮތުން ކެބިނެޓްގައި ހުކުރުދުވަހު މަޝްވަރާކުރުމަށް ނިންމާފައިވާއިރު، ބިލް ވީ އެންމެ އަވަހަކަށް ފާސްކުރުމަށް ބާރު އެޅުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ބޮޑުވަޒީރު މޯދީ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.