ޔެލީ ސުޕަމާކެޓް
ވިޔަފާރި
29 Jul 2026 | 13:19
"ޔެލީ ސުޕަމާޓް" ނަމުގައި އައު ފިހާރައެށް ހުޅުމާލެ ފޭސް 2 ގައި؛ ގްރޯސަރީއާއި ކޮސްމެޓިކްސް 24 ގަޑިއިރު

‎އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔެލީގެ ފަސްވަނަ ފިހާރަ ކަމަށްވާ "ޔެލީ ސުޕަމާޓް" ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފިއެވެ. މި އާ ސުޕަމާޓު ރަސްމީކޮށް ހުޅުވައިދެއްވީ ޔެލީގެ އޯނަރުންގެ ބައްޕަ މުހައްމަދު ސަލީމެވެ.

‎މީގެ ސަތާރަ އަހަރު ކުރިން، 2007 ވަނަ އަހަރު މާލޭގައި ފެށި މި ވިޔަފާރި މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. މި އާ ސުޕަމާޓުގެ ކުރިންވެސް ހުޅުމާލެ ފޭސް 2 ގައި ޔެލީގެ ތިން ފިހާރައެއް ވަނީ ހުޅުވާފައެވެ. އެއީ "ޔެލީ" އާއި "ޔެލީ މާޓް" ގެ އިތުރުން "ޔެލީ މާޓް 3" އެވެ. އަލަށް ހުޅުވި ފިހާރައަކީ ފުޅާ ދާއިރާއެއްގައި ގިނަ ބާވަތްތަކުގެ މުދާ ލިބެން ހުންނާނެ ސުޕަމާޓެކެވެ.

‎މި ވިޔަފާރި ފެށިގެން މިއަދާ ހަމައަށް އައިއިރު، ޔެލީން ފޯރުކޮށްދެމުން ދިޔަ ހިދުމަތްތައް އިތުރަށް ފުޅާކުރެވިގެން ދާއިރު، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ބާޒާރުގައި އެންމެ ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކަސްޓަމަރުންނަށް ހެޔޮ އަގުގައި މުދާ ފޯރުކޮށްދެމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

‎އެގޮތުން، އަލަށް ހުޅުވި މި ސުޕަމާޓުން އާންމުކޮށް ގޭތެރެއަށް ބޭނުންވާ ގްރޯސަރީގެ ބާވަތްތަކާއި ކޮސްމެޓިކްސްގެ ބާވަތްތައް ބާޒާރުގައި އެންމެ ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހައެއް ގެނެސްދިނުމުގެ ގޮތުން ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް 24ގަނޑިރު މި ފިހާރައިން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

‎މިކަމާ ގުޅޭގޮތުން ޔެލީން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުން ބޭނުންވާ ހުރިހާއެއްޗެއްވެސް އެއްތަނަކުން އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުން،" އެ ކުންފުނިން ބުންޏެވެ.

‎މާލޭގެ ކުޑަ ފިހާރައަކުން ފެށި މި ވިޔަފާރި މިއަދު ފުޅާވެ، އެތައް ބަޔަކަށް ހިދުމަތް ދެމުން އަންނައިރު، މިކަމުގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ޔެލީގެ ފިހާރަތަކުން ވިޔަފާރި ކުރާ ކަސްޓަމަރުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބާއެކު، ކުރިއަށް އޮތް ތަނުގައި ވެސް ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.