އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސީތާޕޫރުގައި ސައްހަ ނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން ގާތްގަނޑަކަށް 25 އަންހެނުންނާ ކައިވެނިކޮށް އެމީހުންނަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުވާ މީހަކާ ބީޖޭޕީ މެމްބަރު ގިޔާން ތިވާރީގެ ދަރިފުޅު ކައިވެނިކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ޓައިމްސް އޮފް އިންޑިއާއިން ބުނީ މި މައްސަލާގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ތިވާރީ ހުށަހެޅި ޝަކުވާއާ ގުޅިގެން ފުލުހުން ވަނީ ޕްރަކާރް ތްރިވެދީ އާއި އެމީހާގެ ބައްޕަ އަނޫޖް ތްރިވެދީ ހައްޔަރުކޮށްފައެވެ. ރެއޫސާ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ޝަކުވާގައިވާ ގޮތުން ތިވާރީގެ ދަރިފުޅު ޕްރައްގިޔާ މިޝްރިކްގެ ޗަންދްރަވާލަށް ނިސްބަތްވާ ޕްރަކާރް ތްރިވެދީއާ ކައިވެނިކުރީ 2024 ވަނަ އަހަރުއެވެ. ކައިވެނީގެ ކުރިން ޕްރަކާރްގެ ބައްޕަ އަނޫޖް ވަނީ މުމްބާއީގައި ހުންނަ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބޮޑު ވެރިއެއްގެ ގޮތުގައި ދައްކައި އޭނާގެ ހަގީގަތް ވަރަށްބޮޑަށް އޮޅުވާލާފައެވެ. އަދި ކައިވެނި ކުރިއަށް ގެންދިޔައީ އެ ސަރަޙައްދުގައި ހިންގި އެކި ތަޙުޤީޤުތަކާއި ނުފޫޒު ގަދަ ފަރާތްތަކުގެ ރަނގަޅު ޖަވާބުތަކަށް ފަހުގައި ކަމަށް ޝަކުވާގައި ބަޔާންކޮށްފައިވެއެވެ.
ކައިވެނީގެ ގާތްގަނޑަކަށް ދެ އަހަރާ ބައި ފަހުން ސޯޝަލް މީޑިއާ އާއި އެހެނިހެން ގޮތްގޮތުން ޕްރަކާރްގެ ޙަރަކާތްތަކާ ބެހޭ މަޢުލޫމާތު އާއިލާއަށް ލިބުނީ ކަމަށް ތިވާރީ ބުނެފައިވެއެވެ. މަހާރާޝްތްރާ ހިމެނޭ ގޮތަށް އެކި ސްޓޭޓްތަކުގައި ޕްރަކާރް ވަނީ ސައްހަ ނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން ގުޅުންތައް ހަދައި ގިނަ އަންހެނުންގެ އަތުން ކްރޯރް ރުޕީސް ހޯދައި 25 ވަރަކަށް ކައިވެނިކޮށްފައި ކަމަށް ތިވާރީ ތުހުމަތު ކޮށްފައިވެއެވެ.
ތިވާރީ ބުނީ ތުހުމަތުވާ އާއިލާއާ ހުރިހާ ގުޅުމެއް ކަނޑައިލައި ދަރިފުޅު ގެއަށް ގެނެސްފައިވާ ކަމަށެވެ. މި ހާދިސާގެ ސަބަބުން ޢާއިލާއަށް ފުން ހިތާމައެއް ލިބި ޢާންމު މަންދޫބެއްގެ ގޮތުން އެ މެމްބަރުގެ އިޖުތިމާޢީ ހައިބަތަށް ވެސް އަސަރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އޮގަސްޓް ހައެއްގައި ސޯޝަލް މީޑިއާގައި ޢާންމުކުރި ވީޑިއޯއެއްގައި ދަރިފުޅާ އެކު ފެނިގެންދިޔަ ތިވާރީ ވަނީ އަނޫޖް ތްރިވެދީއަށް ހަރުކަށި އަދަބެއް ދިނުމަށް ގޮވައިލައި އޭނާއަށް މަރުގެ އަދަބު ދޭންޖެހޭނެ ކަމަށް ވެސް ބުނެފައެވެ. އަދި ދަނބިދަރިފުޅުގެ ކުށް ސާބިތުވެއްޖެ ނަމަ ޤާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް އެ މެމްބަރު ގޮވައިލާފައިވެއެވެ.
ރެއޫސާ ޕޮލިހުން ވަނީ އެ ޝަކުވާއާ ގުޅިގެން އަނޫޖް ތްރިވެދީއާ ދެކޮޅަށް މަކަރާއި ޙީލަތުގެ ދަޢުވާގެ ދަށުން މައްސަލަ ރަޖިސްޓަރީކޮށް ޤާނޫނީ ފިޔަވަޅު ފަށައިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists