ފުލުހުން އޮޕަރޭޝަނެއްގައި... ފޮޓޯ: ފުލުހުން
ހަބަރު
11 Aug 2026 | 17:24
ހަތްމަސްތެރޭ 144 ކިލޯގެ ޑްރަގް އަތުލައިގަތް، 1875 މީހަކު ހައްޔަރުކުރި

މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1،875 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފާއިތުވި ހަތް މަސްދުވަހު ޑްރަގް އެންފޯސްމަންޓުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޖަނަވަރީ 1 އިން ޖުލައި 31 ގެ ނިޔަލަށް މާލެ ސަރަހައްދާއި އަތޮޅުތެރެ ހިމެނޭގޮތަށް ޖުމްލަ 1،141 އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އިންޓެލިޖެންސް މައުލޫމާތާއި އޮޕަރޭޝަނަލް ބޭނުންތަކަށް ބިނާކޮށް ހިންގުނު މި ހަރަކާތްތަކުގައި 23،249 މީހުންނާއި، 7,309 ތަނެއް ވަނީ ބަލައިފާސްކޮށްފަ އެވެ. މުޅި ރާއްޖެއިން ހިންގުނު މި އޮޕަރޭޝަންތަކުގައި ޖުމްލަ 144.341 ކިލޯގްރާމްގެ މަސްތުވާތަކެއްޗާއި، 1،856 ފުޅި ބަނގުރާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

ހަތްމަސްތެރޭ 1533 މައްސަލަ ތަހުގީގުކުރި

ފުލުހުން ބުނި ގޮތުގައި ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި 1،533 މައްސަލައެއް ތަހުގީގުކުރިއިރު، މީގެ ތެރެއިން 634 މައްސަލައެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައިވެސް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަންތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން 17 އަތޮޅެއްގައި 260 އިންޓެލިޖެންސް-ލެޑް އޮޕަރޭޝަން ހިންގާފައިވާއިރު، މި އޮޕަރޭޝަންތަކުގައި 298 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުން --

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރި މައްސަލަތަކަށް ބަލާއިރު، 377 މައްސަލައެއް ވަނީ ތަހުގީގު ކޮށްފަ އެވެ. މީގެ ތެރެއިން 256 މައްސަލަ (67 އިންސައްތަ) ދައުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ.

ޑްރަގް އެންފޯސްމަންޓުން އެކަނިވެސް 137.0296 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، މީގެ މަގުމަތީގެ އަގު 120،243،100 ރުފިޔާއަށް އަރަ އެވެ. އަދި 845 ފުޅި ބަނގުރާ އަތުލައިގަނެފައިވާއިރު، މީގެ އަގަކީ 960،900 ރުފިޔާއެވެ. އެހެންކަމުން، އެ ބަހާއިން އަތުލައިގަތް ތަކެތީގެ ޖުމްލަ އަގު 121،204،000 ރުފިޔާއަށް އަރަ އެވެ.

މީގެ އިތުރުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މިންގަނޑަށް ފެތޭ 94 މައްސަލައެއް ތަހުގީގު ކޮށްފައިވެ އެވެ. މި މައްސަލަތަކާ ގުޅިގެން 147 މީހަކު ހައްޔަރުކޮށްފައިވާއިރު، 83 މައްސަލަ (88 އިންސައްތަ) ދައުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ.

މަސްތުވާތަކެތީގެ ނެޓްވޯކްތައް ހިންގާ މީހުން ހޯދަން އިސްކަން 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑްރަގް އެންފޯސްމަންޓުން ވަނީ، މަސްތުވާތަކެތީގެ ނެޓްވޯކްތައް ހިންގާ ފަރާތްތަކާއި އެކަމަށް ފަންޑުކުރާ ފަރާތްތައް ހޯދުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާކަން ފާހަގަ ކޮށްފައިވެ އެވެ.

އެގޮތުން، މަސްތުވާތަކެއްޗާ ގުޅުންހުރި ފައިސާގެ 25 މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދެ އެވެ. އަދި ނެޓްވޯކްގެ ގޮތުގައި ހަރަކާތްތެރިވާ ތިން މައްސަލައެއް ބަލަމުންދާކަން ވަނީ ހާމަކޮށްފަ އެވެ. ތަފާސްހިސާބުތަކުން ފެންނަ އަދަދުތަކަކީ ސީދާ ކުށްކުރާ މިންވަރު އިތުރުވުންކަމަށް މާނަ ނުކުރުމަށް ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު މުސްލިމް އެދިލެއްވި އެވެ. ސަބަބަކީ، އޮޕަރޭޝަނަލް މަސައްކަތްތަކާއި ތަހުގީގު އަމާޒުތައް ވަގުތާއި ހާލަތަށް ބަލައި މުރާޖައާކޮށް ބަދަލުގެންނަމުންދިއުމާ ގުޅިގެން ތަފާސްހިސާބުތަކާއި ކާމިޔާބު އޮޕަރޭޝަންތަކުގެ އަދަދުތަކަށް ބަދަލުތައް އަންނާނެތީ އެވެ.

މި މައްސަލަތަކުގައި ޝާމިލުވާ 116 ބިދޭސީއަކު ޑީޕޯޓުކުރުމުގެ އިޖުރާއަތްތައް ކުރިއަށްގެންދިއުމަށް މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ. އަދި ފަރުވާއަށް ބޭނުންވާ 37 މީހަކަށް ފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމާގުޅުންހުރި އިދާރާތަކާ ވަނީ ހަވާލުކޮށްފަ އެވެ.

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަނެއް.. ފޮޓޯ: ފުލުހުން

މީގެ އިތުރުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހުގެ ދަށުން ލިބިދީފައިވާ ބާރުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ގޮތުގައި ފާހަގަކުރެވުނު މާލޭގެ 6 ތަނެއް ވަނީ ބަންދުކޮށްފައެވެ. އެ ތަންތަނަކީ މ. ގުންޒަރު، މ. ތަރިވިލާގެ، މ. އަމީރާމަންޒިލް، މ. ސެވަން އެންޑް ހައުސް، މ. ކަނޑުފިނިގެ، އަދި މ. ލޭންޑްއޮފްގާޑަން އެވެ. ގާނޫނީގޮތުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި ތަންތަން މޮނިޓަރކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.