-
ދުނިޔެ
12 Aug 2026 | 00:42
ސޫރިޔާގެ ކޯޓުން ބައްޝާރުލް އަސަދާއި އާއިލާގެ ދެ މެންބަރަކަށް މަރުގެ ޙުކުމް އިއްވައިފި

ސޫރިޔާގައި ގާތްގަނޑަކަށް 14 އަހަރު ދެމިގެންދިޔަ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހިންގި ބޮޑެތި ޖަރީމާތަކާ ގުޅިގެން ކުރީގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ ކޮއްކޮ މާހިރުލް އަސަދާއި ދެބެންގެދެދަރި އާތިފް ނަޖީބުގެ މައްޗަށް ދިމިޝްގުގެ ކްރިމިނަލް ކޯޓުން މަރުގެ ޙުކުމް އިއްވައިފިއެވެ.

ގަސްދުގައި މީހުން މެރުމާއި އަނިޔާކުރުމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ކުށް ބައްޝާރުގެ މައްޗަށް ސާބިތުވިއިރު 2024 ވަނަ އަހަރުގެ ޑިސެމްބަރުގައި ވެރިކަމުން ވައްޓައިލުމާ ގުޅިގެން އޭނާ ދިރިއުޅެމުން ދަނީ ރަޝިޔާގައެވެ. އެހެންކަމުން މި ޙުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. ހަމައެގޮތަށް ރަޝިޔާގައި ދިރިއުޅެމުންދާ މާހިރުލް އަސަދުގެ މައްޗަށް ވެސް ގަސްދުގައި މީހުން މެރުމާއި އަނިޔާކުރުމުގެ ކުށް ސާބިތުވެ ޣައިރު ހާޒިރުގައި ވަނީ މަރުގެ ޙުކުމް އިއްވައިފައެވެ.

ތިން ވަނައަށް ޙުކުމް އައީ ދެރްއާ ޕްރޮވިންސްގެ ޕޮލިޓިކަލް ސެކިއުރިޓީގެ ކުރީގެ ވެރިޔާ އާތިފް ނަޖީބުގެ މައްޗަށެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި ހައްޔަރުކުރި ނަޖީބު ކޯޓުގެ ކޮށީގައި ކުށްވެރިންގެ ޔުނީފޯމުގައި ހުއްޓައި އޭނާގެ މައްޗަށް ޙުކުމް އިއްވީ 15 އަހަރުން ދަށުގެ ކުޑަކުދިން ގަސްދުގައި މެރުމާއި މީހުންނަށް މަރުވާ ހިސާބަށް އަނިޔާކުރުން ސާބިތުވެގެންނެވެ. 2011 ވަނަ އަހަރު ދެރްއާގައި ކުރި މުޒާހަރާތަކާ ދެކޮޅަށް ހިންގި ލޭއޮހޮރުވުންތަކުގައި އެންމެ އިސް ދައުރު އަދާކުރީ ނަޖީބެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު ފަޚްރުއްދީން އަލް-އަރްޔާން ފާހަގަކުރެއްވި ގޮތުގައި ހެކީންގެ ބަޔާންތަކުން ބައްޝާރަކީ މި ޖަރީމާތައް ހިންގުމުގައި ގޮތް ނިންމުމުގެ އެންމެ އިސް ފަރާތްކަން ސާފުވެއެވެ. އަދި ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން މި ކުށްތައް ހިންގާފައިވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އަލްޖަޒީރާ އިން ދިމިޝްގުގައި ހުރެ ރިޕޯޓުކުރި ގޮތުގައި އެތައް ޒަމާނެއް ވަންދެން ދަރިންނަށް އަނިޔާކޮށް ގެދޮރުން ބޭރުކޮށް މުޖުތަމަޢުތައް ހަލާކުކޮށްލި ފަރާތްތަކަށް ޙައްޤު އަދަބު ލިބޭތަން ފެނުމުން ސޫރިޔާގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ.

ސޫރިޔާގެ އިންތިޤާލީ ސަރުކާރުން ކުރީގެ ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް ޝަރީޢަތް ހިންގަން ފެށި ފަހުން މިއީ އިއްވި މި ފަދަ ފުރަތަމަ ޙުކުމެވެ. ރިޕޯޓަރުން ފާހަގަކުރާ ގޮތުގައި މި ޙުކުމުގެ ސަބަބުން ބައްޝާރުގެ ވެރިކަމުގައި ޖަރީމާ ހިންގި އެހެން ފަރާތްތަކުގެ މައްޗަށް ވެސް ޝަރީޢަތް ހިންގުމުގެ ޤާނޫނީ މަގު ވަނީ ހުޅުވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.