މިރޭގެ ޖަލްސާގައި ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ --
ހަބަރު
14 Aug 2026 | 22:18
އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި

އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އަބްދުﷲ ޝާހިދު އިއުލާނުކުރައްވައިފި އެވެ.

ނިމިދިޔަ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު އެކަން އިއުލާނު ކުރެއްވީ މިރޭ އައްޑޫ ސިޓީގައި އޮތް ހާއްސަ ޖަލްސާގަ އެވެ. މިއީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށުމަށް ޝާހިދު ބޭއްވެވި ހާއްސަ ޖަލްސާ އެކެވެ.

އައްޑޫ ސިޓީގެ ސިޔާސީ ބައެއް އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އެމަނިކުފާނު ހުންނެވީ އެމްޑީޕީގެ އާންމު މެންބަރުންނާއެކު ވެވަޑައިގަންނަވަން ޖެހިވަޑައިގެން ކޮންމެ ގުރުބާނީއަކަށް ތައްޔާރަށް ކަމަށެވެ.

މިރޭގެ ޖަލްސާގައި ޝާހިދު ވާހަކަފުޅު ދައްކަވަނީ --

އަދި ރާއްޖެ މިހާރު އޮތް ހާލަތު ބަދަލު ކުރަން ޖެހޭ ކަމަށާ އެމަނިކުފާނު ހުންނެވީ އެކަމަށް ތައްޔާރަށް ކަމަށެވެ. އަދި 2028 އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް ކުރައްވަން ޖެހިވަޑައިގެން ކޮންމެ މަސައްކަތްޕުޅެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ޔަގީންކަން ދެއްވީ އެމަނިކުފާނު އިސްވެ އުފައްދަވާ ސަރުކާރެއް ވާނީ އެމްޑީޕީގެ ކޮންމެ މެންބަރެއްގެ ބައިވެރިވުން އޮތް ސަރުކާރަކަށް ކަމަށެވެ. ހަމަ އެއްވެސް މެންބަރަކު ބާކީ ނުވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މިރޭގެ ޖަލްސާގައި ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ --

މި ޖަލްސާގައި ޝާހިދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ. އަދި އެ ނިންމެވުމާއެކު އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވާ ކަމުގައި ވެސް އިއުލާނު ކުރެއްވި އެވެ.

މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ އިސް މަގާމެއްގައި ހުންނަވާ ރިޔާސީ ރޭހަށް ނިކުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރައްވާތީ ކަމަށްވެސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ޝާހިދަށް ތާއީދުކުރާ މެންބަރުން ބައިވެރިވަނީ --

މިރޭ އޮތް ޖަލްސާގައި ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް އާއި ނާޒިލްގެ އަނބިކަނބަލުން ކުރީގެ މެންބަރު ހިސާން ހުސައިން އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ބައިވެރިވެވަޑައިގެންނެވި އެވެ.

އަދި މަޖިލީހުގެ މިހާރާއި ކުރީގެ އެމްޑީޕީގެ ބައެއް މެންބަރުންނާއި އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.