ގެއްލުނު މީހުން ހޯދަން ބެލި ސަރަހައްދު- ފޮޓޯ/ އެމްއެންޑީއެފް
ހަބަރު
17 Aug 2026 | 09:47
އެމެރިކާ ބޯޓުގެ އެހީ ހޯދައި ހުވަދޫ ކަނޑު އެއްކޮށް ބަލައިފި؛ ގެއްލުނު ތިން މީހުން ނުފެނުނު

ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން ހުވަދޫ ކަނޑަށް "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއްގެ އެހީތެރިކަމާއެކު ހުވަދޫ ކަނޑުގެ ބޮޑު ސަރަޙައްދެއް ބަލައި، ފުޅާ އޮޕަރޭޝަނެއް ހިންގި ނަމަވެސް އެ މީހުން އަދިވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، 5 އޮގަސްޓް 2026 ވީ ރޭގެ ދަންވަރު ހިނގި މި ހާދިސާއާ ގުޅިގެން ގެއްލުނު މީހުން ހޯދުމަށްޓަކައި ދިވެހި ސަރުކާރުން އެދިގެން އެމެރިކާ ނޭވީގެ ޚާއްޞަ ޕީ8 މަތިންދާބޯޓެއް ވަނީ މި އޮޕަރޭޝަންގައި ބައިވެރިވެފައެވެ. ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިއު އަދި ސަވައިލަންސަށް ޚާއްޞަ މި މަތިންދާބޯޓުން އިއްޔެ ވަނީ 6،300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި، މުޅި ހުވަދޫ ކަނޑު އެއްކޮށް ބަލާފައެވެ.

މި އޮޕަރޭޝަންގައި ދިވެހި އަސްކަރިއްޔާގެ ވަސީލަތްތައް ވެސް ވަނީ އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކޮށްފައެވެ. އެގޮތުން، އިންފްރާރެޑް ސެންސަރު ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުމަތީގެ ހަރަކާތްތައް ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ އަސްކަރިއްޔާގެ ޓީބީ2 ޑްރޯންތަކާއި، މޯލްޑިވިއަންގެ އެއަރކްރާފްޓްގެ އިތުރުން، އޮސްޓްރޭލިއާއިން ހަދިޔާކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ވެސް ވަނީ މި އޮޕަރޭޝަންގައި ހަރަކާތްތެރިވެފައެވެ.

ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައި، ތަކެއްޗާއި މީހުން އޮޔާ ހިނގައިދާނެ ކަމަށް ލަފާކުރެވޭ މިސްރާބުން ހުވަދޫ ކަނޑާއި، ލ. އަތޮޅު އަދި ގއ. އަތޮޅުގެ ފަރުތައް ވެސް ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން ބަލާފައެވެ. ހާދިސާ ހިނގިތާ 11 ދުވަސް ވެފައިވާއިރު، 16 އޮގަސްޓް 2026 ގެ 18:00 އާ ހަމައަށް ވައިގެ މަގުން 17،220 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 2،790.10 އަކަ ނޯޓިކަލް މޭލު އަދި ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ ދޯނި އަޑިއަށް ދިޔަ ވަގުތު ކައިރީގައި ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ އަދި އެމްއެންޑީއެފްގެ ލޯންޗެއް އޮތުމުން، ދޯނިން ފުންމާލި މީހުންނާއި ސަލާމަތްވި މީހުން ވަގުތުން ނެގުނު ކަމަށެވެ.

ނަމަވެސް ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހާލައި އަޑިއަށް ދިޔައީ 1،600 މީޓަރަށް ވުރެ ފުން ސަރަޙައްދަކަށް ކަމަށްވުމުން، ގެއްލުނު މީހުން ކަނޑުމަތިން ދިރިތިއްބާ ފެނުމުގެ ފުރުޞަތު ކުޑަކަމަށް ބެލެވެއެވެ. މި ފުންމިނަކީ ޑައިވަރުންނަށް ދެވޭނެ ފުންމިނެއް ނޫން ކަމަށާއި، އަދި މިއީ ބޭރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.