އެއްބަސްވުމުގައި ސޮއިކުރުމަށްފަހު.. ފޮޓޯ: ޕިޔުޝް އެކްސް
ދުނިޔެ
17 Aug 2026 | 13:46
އިންޑިއާ އާއި އެފްރިކާގެ 5 ގައުމަކުން ވިޔަފާރީގެ މަޝްވަރާތައް ފަށަނީ

އިންޑިއާއާއި ދެކުނު އެފްރިކާގެ 5 ގައުމެއްގެ މައްޗަށް އެކުލެވޭ ސަދަން އެފްރިކަން ކަސްޓަމްސް ޔޫނިއަންއާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ރަސްމީކޮށް ފެށުމަށްޓަކައި ޓާމްސް އޮފް ރެފަރެންސް ގައި ސޮއިކޮށްފިއެވެ.

ނިމުނު ހަފްތާގައި ސޮއިކުރެވުނު މި ފްރޭމްވޯކް އެއްބަސްވުމާއެކު، އިންޑިއާއާއި ދެކުނު އެފްރިކާ، ބޮޓްސްވާނާ، ނެމީބިއާ، ލެސޯތޯ އަދި އެސްވަތީނީއާ ދެމެދު 2002 އިން 2010 އަށް ކުރެވި، މެދުކެނޑިފައިވާ ވިޔަފާރީގެ މަޝްވަރާތައް އަލުން ވަނީ ފެށިފައެވެ.

އިންޑިއާގެ ވިޔަފާރިއާއި ސިނާޢަތްތަކާ ބެހޭ ވަޒީރު ޕިޔޫޝް ގޯޔަލް ވިދާޅުވީ، ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ރަސްމީ މަޝްވަރާތައް ފެށި، އެއް އަހަރު ދުވަހުގެ ތެރޭގައި އެއްބަސްވުން ނިންމާލުމަށް އަމާޒުހިފާފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ އިންޑިއާއިން ބޭރުކުރާ މުދަލުގެ ތެރެއިން ޚާއްޞަކޮށް އުޅަނދުފަހަރާއި ބޭހުގެ ބާވަތްތަކާއި، އިންޑަސްޓްރިއަލް މެޝިނަރީ ފަދަ ތަކެތިން ނަގާ ކަސްޓަމްސް ޑިއުޓީ ކުޑަކުރުމެވެ. މީގެ އިތުރުން، އެފްރިކާގެ ގައުމުތަކުން އިންޑިއާއަށް ބޭނުންވާ މުހިންމު މިނަރަލްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

މިއީ އެފްރިކާގެ ސަރަހައްދީ ބްލޮކަކާއެކު އިންޑިއާއިން އެކުލަވާލާ މިފަދަ ވިޔަފާރީގެ އެންމެ ބޮޑު އެއްބަސްވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Aug 2026
އިންޑިއާ އާއި އެފްރިކާގެ 5 ގައުމަކުން ވިޔަފާރީގެ މަޝްވަރާތައް ފަށަނީ
ނިމުނު ހަފްތާގައި ސޮއިކުރެވުނު މި ފްރޭމްވޯކް އެއްބަސްވުމާއެކު، އިންޑިއާއާއި ދެކުނު އެފްރިކާ، ބޮޓްސްވާނާ، ނެމީބިއާ، ލެސޯތޯ އަދި އެސްވަތީނީއާ ދެމެދު 2002 އިން 2010 އަށް ކުރެވި، މެދުކެނޑިފައިވާ ވިޔަފާރީގެ މަޝްވަރާތައް އަލުން ވަނީ ފެށިފައެވެ.
17 Aug 2026
ފުޓުބޯޅައިން ރިޓަޔާވާން ގާތްވެފައިވާ ކަމުގެ އިޝާރާތެއް ރޮނާލްޑޯ ދީފި
ދުނިޔޭގެ ފުޓުބޯޅައިގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ އެއް ކުޅުންތެރިޔާ ކަމަށްވާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓުބޯޅަ ކުޅުން ހުއްޓާލުމާ ގާތްވެފައިވާ ކަމުގެ އިޝާރާތެއް ދީފިއެވެ.
17 Aug 2026
ސްޓޭޓްފާމާ އާއި ދިއްގަރު ކައުންސިލްގެ ބައްދަލުވުން ބާއްވައިފި
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ފާމަސީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަތުމުގެ މަޤްޞަދުގައި ސްޓޭޓް ފާމާއިން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މ. ދިއްގަރު ކައުންސިލާއެކު މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.
17 Aug 2026
މަޖިލިސް މެންބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސް އުވާލަން ގޮވާލާ ޕެޓިޝަނެއް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ އިތުރުން އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖު އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން ހަމަހަމަ އުސޫލަކުން ސިއްހީ ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
17 Aug 2026
ޚިދުމަތް ފުޅާކުރުމަށް އިތުރު 100 އެއްހާ ފާމަސިސްޓުން ބޭނުންވޭ: ޝާހް
ސްޓޭޓް ފާމަސޫޓިކަލްގެ ފާމަސީތަކުގައި ބޭސް ދޫކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އިތުރު 100 އެއްހާ ފާމަސިސްޓުން ބޭނުންވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
17 Aug 2026
ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ޓެކްސް %10 އަށް ބޮޑުކުރަނީ
ރާއްޖޭގައި ވަޒަންވެރިނުވާ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް %5 އިން %10 އަށް ބޮޑުކުރާ ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބަދަލުން އަހަރަކު 251 މިލިޔަން ރުފިޔާ އާމްދަނީއަށް އިތުރުވާނެ ކަމަށް ލަފާކުރެއެވެ.
17 Aug 2026
ހުވަދޫ ކަނޑު އެއްކޮށް ބަލައިފި؛ ގެއްލުނު ތިން މީހުން ނުފެނުނު
ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން ހުވަދޫ ކަނޑަށް "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއްގެ އެހީތެރިކަމާއެކު ހުވަދޫ ކަނޑުގެ ބޮޑު ސަރަޙައްދެއް ބަލައި، ފުޅާ އޮޕަރޭޝަނެއް ހިންގި ނަމަވެސް އެ މީހުން އަދިވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
17 Aug 2026
މާޒިޔާ އާއި ނިއުރޭޑިއަންޓްގެ ކުރިމަތިލުން ނިމުނީ އެއްވަރުވެގެން
ކަޕްވިނާސްކަޕް ފައިނަލުގައި ނިއުރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހުގެ ރެއެވެ.