ޑރ. އަސަދު މުޙައްމަދު ޝަހީދު
ހަބަރު
17 Aug 2026 | 15:16
ސާކް އޭއޭގެ ރައީސްކަމަށް ޑރ. އަސަދު

ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް (ސާކް-އޭއޭ)ގެ ރައީސް ކަމަށް ޑރ. އަސަދު މުޙައްމަދު ޝަހީދު އިންތިހާބު ވެއްޖެ އެވެ.

މިއީ ދެ އަހަރު ދުވަހުގެ މުއްދަތުގެ މަގާމެކެވެ.

ހެލްތް މިނިސްޓްރީން ބުނީ މި މަގާމަށް ޑރ. އަސަދު އިންތިހާބުވުމަކީ ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ޚާއްޞަ ތަމްރީނާއި، އަދި ފަންނީ ކުރިއެރުމުގެ ތެރެއިން އެނެސްތީސިއޮލޮޖީ ދާއިރާ ތަރައްގީ ކުރުމަށް ދިވެހިރާއްޖެއަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި ދިވެހި ޑޮކްޓަރުންނާއި، އެނެސްތީސިއާ ޓެކްނީޝަނުންނާއި، އަދި ނަރުހުންނަށް ސަރަހައްދީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

މި ލީޑަޝިޕް ދައުރުގެ ސަބަބުން ސަރަހައްދީ ތަމްރީނު ޕްރޮގްރާމްތަކާއި، ފަންނީ އެއްބާރުލުންދިނުމާއި، ދިރާސާކުރުމާއި، އަދި ޤާބިލުކަން އިތުރުކުރުމުގެ މަޝްރޫޢުތަކަށް އެއްބާރުލުން ލިބޭނެ ކަމަށް ބެލެވޭއިރު، ސާކްގެ މެންބަރު ޤައުމުތަކުގައި ހުރި ފަންނީ ޤާބިލުކަމާއި ވަސީލަތްތަކުގެ ބޭނުން ދިވެހިރާއްޖެއަށް ހިފުމުގެ މަގުތައް ފަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.

ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ފާހަގަކޮށް، އެނެސްތީސިއާއާއި ކްރިޓިކަލް ކެއަރ ޚިދުމަތްތަކާއި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި، އަދި ޚާއްޞަ ކްލިނިކަލް ތަމްރީނުތައް ހަރުދަނާ ކުރުމަށް ހުރި ފުރުޞަތުތައް ދިވެހިރާއްޖެއަށް މި ޕްލެޓްފޯމް މެދުވެރިކޮށް ބޭނުންކުރެވިދާނެ ކަމަށާ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޑރ. އަސަދު މި މަޤާމަށް އިންތިޚާބުވީ ދިވެހިރާއްޖެއިން ޚާއްޞަ ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޤާބިލު ސިއްޙީ މަސައްކަތްތެރިންގެ ޓީމެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި ދެ އަހަރު ދުވަހުގެ ރައީސްކަމުގެ ދައުރަކީ ސަރަހައްދީ ސިއްޙީ ދާއިރާ ތަރައްޤީ ކުރުމުގައި ހަރަކާތްތެރި ދައުރެއް އަދާކުރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ޕޮޒިޝަން ކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެއް ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Aug 2026
މާލޭ ޓެކްސީލައިން އެޕްގެ މައުލޫމާތު ލީކުކުރި މުވައްޒިފުގެ މައްސަލަ ފުލުހަށް
ބުނީ އެކަން ކުރީ ކުންފުނީގެ މުވައްޒިފެއްކަން އެތެރޭގެ ތަހުގީގުން އެނގުނު ކަމަށެވެ. އެމްޓީސީސީން ދެންމެ ބުނީ އޭނާގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ.
17 Aug 2026
ތިލަމާލެ ބްރިޖު ނިންމުމުން ވާނެ ފަސޭހައެއް، އިގްތިޞާދަށް ވާނެ ފައިދާއެއް ނެތް
ތިލަމާލެ އެޅުމުން ދިވެހި ރައްޔިތުންނަށް އެއްވެސް ފަސޭހައެއް ނުވާނެ ކަމަށާ، އަދި އެކަމުން އިގްތިޞާދަށް އެއްވެސް ފައިދާއެއްވެސް ނުކުރާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
17 Aug 2026
ސާކް އޭއޭގެ ރައީސްކަމަށް ޑރ. އަސަދު
ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް (ސާކް-އޭއޭ)ގެ ރައީސް ކަމަށް ޑރ. އަސަދު މުޙައްމަދު ޝަހީދު އިންތިހާބު ވެއްޖެ އެވެ.
17 Aug 2026
ކުލި ނުދައްކާ ރިސޯޓްތަކާ މެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފި
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކުއްޔާއި ޖޫރިމަނާ ނުދައްކައި ހުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން ވުޒާރާއިން އިއުލާންކޮށްފިއެވެ.
17 Aug 2026
އިންޑިއާ އާއި އެފްރިކާގެ 5 ގައުމަކުން ވިޔަފާރީގެ މަޝްވަރާތައް ފަށަނީ
ނިމުނު ހަފްތާގައި ސޮއިކުރެވުނު މި ފްރޭމްވޯކް އެއްބަސްވުމާއެކު، އިންޑިއާއާއި ދެކުނު އެފްރިކާ، ބޮޓްސްވާނާ، ނެމީބިއާ، ލެސޯތޯ އަދި އެސްވަތީނީއާ ދެމެދު 2002 އިން 2010 އަށް ކުރެވި، މެދުކެނޑިފައިވާ ވިޔަފާރީގެ މަޝްވަރާތައް އަލުން ވަނީ ފެށިފައެވެ.
17 Aug 2026
ފުޓުބޯޅައިން ރިޓަޔާވާން ގާތްވެފައިވާ ކަމުގެ އިޝާރާތެއް ރޮނާލްޑޯ ދީފި
ދުނިޔޭގެ ފުޓުބޯޅައިގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ އެއް ކުޅުންތެރިޔާ ކަމަށްވާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓުބޯޅަ ކުޅުން ހުއްޓާލުމާ ގާތްވެފައިވާ ކަމުގެ އިޝާރާތެއް ދީފިއެވެ.
17 Aug 2026
ސްޓޭޓްފާމާ އާއި ދިއްގަރު ކައުންސިލްގެ ބައްދަލުވުން ބާއްވައިފި
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ފާމަސީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަތުމުގެ މަޤްޞަދުގައި ސްޓޭޓް ފާމާއިން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މ. ދިއްގަރު ކައުންސިލާއެކު މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.
17 Aug 2026
މަޖިލިސް މެންބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސް އުވާލަން ގޮވާލާ ޕެޓިޝަނެއް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ އިތުރުން އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖު އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން ހަމަހަމަ އުސޫލަކުން ސިއްހީ ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.