އައްޝައިޚް އަބޫ ތައިމިއްޔާ
ހަބަރު
18 Aug 2026 | 15:29
ޝެއިޚް އަބޫ ތައިމިއްޔާ ރާއްޖެއަށް, ތިން ސިޓީގައި ދީނީ ހަރަކާތްތަކެއް

ޔޫކޭގައި ދިރިއުޅުއްވާ މަޝްހޫރު ޒުވާން ޢިލްމުވެރިޔާ އައްޝައިޚް އަބޫ ތައިމިއްޔާ, ދީނީ ހަރަކާތްތަކެއް ކުރިއަށް ގެންދެވުމަށް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ޝައިހް ތައިމިއްޔާ ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.

މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "އެންލައިޓްން" ގެ ނަމުގައި ގެންދާ މި ޕްރޮގްރާމް ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންލައިޓްން ޕްރޮގްރާމްގައި ޒުވާނުންގެ ހިތްތަކުގައި ޚާއްޞާ ގަދަރަކާއި ޝައުޤުވެރިކަމެއް ދެވިފައިވާ ޝެއިޚް އަބޫތައިމިއްޔާގެ ދީނީ އަދި ތަޢުލީމީ ޙަރަކާތްތަކެއްގައި ކުރިއަށް ގެންދިޔުމަށް ވަނީ އިންތިޒާމް ކުރެވިފައިވާއިރު އޭގެތެރޭގައި ބޮޑަށް އަމާޒުކުރެވިފައިވާނީ ޒުވާނުންނާއި ފުރާވަރު ޢުމުރު ފުރައިގެ ކުދީންނަށެވެ. ޝެއިޚްގެ ޕްރޮގްރާމްތައް މާލޭ ސިޓީގެ އިތުރުން އައްޑު ސިޓީ އަދީ ފުވައްމަލަކު ސިޓީގައި ވެސް ކުރިއަށް ގެންދާ ގޮތައް ވަނީ ހަމަޖެހިފަ އެވެ.

ޝެއިޚްގެ ދަތުރުގެ ޕްރޮގްރާމްތައް ފެށޭނީ މާލޭއިންނެވެ. އެއަށް ފަހު އައްޑޫ ސިޓީ އަދި ދެން ފުވައްމުލަކު ސިޓީގައި ޕްރޮގްރާމްތައް ކުރިއަށް ދާނެ އެވެ. އެކި އެކި ބައްދަލުވުންތަކާއި ޒުވާނުންނަށް ޚާއްޞަ ޑިނާ ނުވަތަ ކޮފީ އާއި ޔުނިވާސިޓީ ދަރިވަރުންނާއި ސްކޫލު ދަރިވަރުންނަށް ތަފާތު ޕޮރޮގްރާމްތައް ރޭވިފައި ވެއެވެ. އަދި އޭގެއިތުރުން އިސްލާމީ ކަންތައްކަތަކާއި އައުޤާފާ ބެހޭ ވުޒާރާއާ ގުޅިގެން ބާއްވާ ސެސަންތަކާއި ޢާންމު ދަރުސްއަކާއި، ހުކުރު ޚުޠުބާއަކާއެކު ޒުވާނުންގެ ކުޅިވަރު ހަރަކާތްތަކެއް ހިމެނެ އެވެ. މީގެ އިތުރުން، އަންހެނުންނަށް ޚާއްޞަ ސެޝަނަކާއި، ޓީވީ އަދި ޕޮޑްކާސްޓް ރެކޯޑިންތަކާއި، ދިވެހި ޢިލްމުވެރިންނާއެކު ބާއްވާ ޚާއްޞަ ބައްދަލުވެއްވެސް ރޭވިފައިވެ އެވެ.

މި މަހުގެ 23 ވަނަ ދުވަހު އައްޑޫ ހައި ސްކޫލަށް ޒިޔާރަތް ކުރެއްވުމާއި، ސްކޫލްތަކުގެ ވެރިންނާއި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ޢާންމު ދަރުސްއެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. 25 އޮގަސްޓުގައި ފުވައްމުލަކު ސިޓީގައި ސްކޫލް ސެޝަނަކާއި، ޒުވާނުންނާއެކު ބައްދަލުވުމަކާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އިތުރު ޢާންމު ދަރުސްއެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން، ފުވައްމުލަކުގައި ފަތުރުވެރިކަމުގެ ތަޖުރިބާތަކާއި ފެތުމުގެ ހަރަކާތްތަކަށް ދުވަހެއް ޚާއްޞަ ކުރެވިފައިވެ އެވެ.

މުޅި އެންލައިޓްން ޙަރަކާތުގައި އެކިއެކި މުއައްސަސާތުގެ ބައިވެރިވުމާއި އެހީތެރިކަން ލިބިފައިވާކަން މަހަލްދީބު ފައުންޑޭޝަނުން ބުނެ އެވެ. ޚާއްޞަކޮށް އިސްލާމީ ކަންތައްކަތަކާއި އައުޤާފާ ބެހޭ ވުޒާރާ އާއި، ތަޢުލިމީ ވުޒާރާއާއި އައިޔޫއެމް އަދި އެމްއެންޔޫ، އަދި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލުގެ އެހީތެރިކަން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
08 Sep 2026
ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
08 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތު ޔާމީނަށް އެނގިވަޑައިނުގަންނަވާ
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން، އެމަނިކުފާނަށް އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
08 Sep 2026
އިންޑިއާގެ 175 އަހަރުވީ ފައްޅިއެއް ގަންގާ ކޯރުގެ ތެރެއަށް ފެތިއްޖެ
އިންޑިއާގެ ހުޅަނގު ބެންގާލްގެ މާލްދާ ޑިސްޓްރިކްޓަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ކޯރުގެ އައްސޭރިފަސް ގިރުމުގެ ހާދިސާތަކުގައި، ރަތުއާ ސަރަޙައްދުގައި ހުރި 175 އަހަރުވީ ޒަމާންވީ ފައްޅިއެއް އާދީއްތަ ދުވަހު ގަންގާ ކޯރުގެ ތެރެއަށް ވެއްޓި ފެތިއްޖެއެވެ.
08 Sep 2026
ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކޮށް ގަވާއިދަށް ބަދަލެއް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވަޔަކަށް އިތުރުކޮށް، އެ އޮފީހުގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
08 Sep 2026
ރާއްޖޭގެ ޙާފިޡުންގެ ޢަދަދު 322 އަށް އަރައިފި
މި ވަގުތާ ހަމައަށް ރާއްޖޭގައި ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ޖުމްލަ ޢަދަދު 322 އަށް އަރައިފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ ޢަދަދު 500 އަށް އެރުވުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
08 Sep 2026
އެހެން މީހުންގެ އެޕާޓްމަންޓުތައް ކުއްޔަށް ދޭން އިޝްތިހާރުކޮށް، ފައިސާ ނަގަނީ
ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޭކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.