އެމެރިކާގެ ރައީސް ޓްރަމްޕް-
ދުނިޔެ
19 Aug 2026 | 08:36
އީރާނާ އެކު އެއްވެސް މަޝްވަރާއެއް ކުރުމަށް ރާވާފައި ނުވާނެ: ޓްރަމްޕް

އެމެރިކާއިން އީރާނާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މަޝްވަރާތަކެއް ބޭއްވުމަށް ރާވާފައި ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ނަމަވެސް، ހޮރްމުޒް ކަނޑުއޮޅި މިހާރު އޮތީ އާންމު ދަތުރުފަތުރަށް ހުޅުވާލެވިފައި ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

މިއީ އީރާން މައްސަލައިގެ ތެރެއަށް އޮމާނުން ވަދެއްޖެނަމަ ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފައިވަނިކޮށް ވެސް، ހޮރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އީރާނާއި އޮމާނުން މަޝްވަރާތައް ކުރިއަށް ގެންދާތީ އެކަމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ޓްރަމްޕް ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އީރާނުގެ ބަނދަރުތައް ހިސޯރުކޮށްފައި އޮތް އޮތުން އެގޮތުގައި ދެމިއޮތް ނަމަވެސް، އެހެން ހުރިހާ އުޅަނދުފަހަރަކަށް ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އޮންނާނެ ކަމަށެވެ. އަދި ކަނޑުއަޑީގައި ހުރި މައިންތައް ނަގައި ނުވަތަ ގޮއްވާލައި ސާފުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުން، މި ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި ދައްކުވައިދޭ ޗާޓެއް ވެސް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެވެ.

ހޯމަ ދުވަހު ޓްރަމްޕް ވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާއެކު ނުރަސްމީ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ބުނެފައެވެ. ނަމަވެސް އީރާނުން ވަނީ ވަގުތުން އެކަން ދޮގުކޮށްފައެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅިއާ މެދު ޓްރަމްޕް ދެކޭ ކުށްހީތައް ވެސް ވަރަށް އަވަހަށް ރަނގަޅުކުރެވިގެންދާނެ ކަމަށެވެ.

މިދިޔަ މާޗް މަހުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ޖޫން މަހު ވެވުނު ފަހުމުނާމާގެ ޝަރުތުތަކަށް ވޮޝިންގޓަނުން އަމަލުނުކުރާހާ ހިނދަކު ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އީރާނުގެ މަޖިލިސް ރައީސް އަދި އިސް މަޝްވަރާވެރިޔާ މުޙައްމަދު ބާޤިރު ޤާލީބާފް ވަނީ ވިދާޅުވެފައެވެ.

މި ޝަރުތުތަކުގެ ތެރޭގައި އީރާނުގެ ބަނދަރުތަކުގެ ހިސޯރު އުވާލުމާއި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ފްރީޒްކޮށްފައިވާ ފައިސާތައް ދޫކޮށްލުމުގެ އިތުރުން އަސްކަރީ ހަރަކާތްތައް ހުއްޓާލުން ހިމެނެއެވެ.

ދެފަރާތުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަތަރުން ބުނެފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު އަލުން ވާހަކަތައް ފެށުމަށް މަސައްކަތް ކުރަމުންދަނީ އީރާނާއި އޮމާނާ ދެމެދު ވެވޭ އެއްބަސްވުމަށް ފަހު ކަމަށެވެ. އެމެރިކާގެ އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ، އީރާނާއެކު ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، އީރާނުން އެއްބަސްވުމަކަށް އަންނަން ތައްޔާރުވަންދެން މަޝްވަރާތައް މަޑުޖައްސާލުމަށް ޓްރަމްޕް މިހާރު ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ