ދަރިވަރުންތަކެއް އޯލެވެލް އިމްތިހާން ހަދަނީ/ފޮޓޯ: އެޑިޝަން އެމްވީ
ހަބަރު
19 Aug 2026 | 14:37
ޤުރްއާން އެސްއެސްސީ އިމްތިޙާނުގެ ޕައިލެޓް ޓެސްޓު ނޮވެމްބަރުގައި ބާއްވަނީ

ޤުރްއާން މާއްދާގެ އެސްއެސްސީ އިމްތިޙާނު 2027 ވަނަ އަހަރު ރަސްމީކޮށް ފެށުމަށްޓަކައި މިއަހަރުގެ ނޮވެމްބަރުގައި 10 ސްކޫލެއްގައި ޕައިލެޓް ޓެސްޓެއް ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.

ދެވަނަ ޓާމް ޓެސްޓު ނިމުމާ އެކު ކުރިއަށް ގެންދާ މި ޕައިލެޓް މަރުޙަލާއަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ސްކޫލުތައް ހޮވައި ނިންމާފައިވެއެވެ. ތަޢުލީމާ ބެހޭ ވުޒާރާއިން އެ ސްކޫލުތަކަށް ފޮނުވި އުޞޫލުގައި ބުނެފައިވާ ގޮތުން ޓޮޕް ޓެންގެ ވަނަތައް ލިބޭނީ ވެސް މި އިމްތިޙާނުން ދަރިވަރު ފާސްވެގެންނެވެ.

ޤުރްއާނުން އެސްއެސްސީ އިމްތިޙާނެއް ނެގުމުގެ މަސައްކަތް ފުރަތަމަ ފެށީ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައެވެ. އެހެންނަމަވެސް 2018 ގައި ވެރިކަމަށް އައި އެމްޑީޕީ ސަރުކާރުން ނިންމީ އެ އިމްތިޙާނު ނުބާއްވައި ބޭއްވުމެވެ.

އެ ދުވަސްވަރު އިމްތިޙާނާ ދެކޮޅަށް 300 ބެލެނިވެރިންގެ ޕެޓިޝަނެއް ހުށަހެޅި ނަމަވެސް އެއާ ވާދައަށް އިމްތިޙާނު ބޭއްވުމަށް އެދި 1,000 ބެލެނިވެރިންގެ ސޮޔާ އެކު ބޮޑު ޕެޓިޝަނެއް ވެސް ހުށަހެޅުނެވެ. އޭރުގެ ސަރުކާރުން އިސްކަން ދިނީ 300 ބެލެނިވެރިންގެ ޕެޓިޝަނަށް ކަމަށް ވެފައި ޤުރްއާން މުދައްރިސުން ތަމްރީނުކުރުމުގެ ނަމުގައި އެއް އަހަރަށް އިމްތިޙާނު ފަސްކުރިއެވެ.

އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމުނު އިރު ވެސް ޤުރްއާން އެސްއެސްސީ އިމްތިޙާނެއް ވެސް ބޭއްވިފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ވަނީ ޤުރްއާން އެސްއެސްސީ އިމްތިޙާނު އަލުން ބާއްވަވާނެ ކަން އިޢުލާނު ކުރައްވައިފައެވެ. އެ ނިންމެވުމާ އެކު ޢަމަލީ މަސައްކަތް މިހާރު ނިމި 2027 ގައި ރަސްމީ އިމްތިޙާނު ބާއްވާ ފަހު މަރުޙަލާއަށް ވާސިލުވެފައިވެއެވެ.

ކޮމެންޓް
ސަމާ
އަލްޙަމްދު ﷲ ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް ޑރ. މުޙައްމަދު މުޢީޒް
19 Aug 2026
ގުޅޭ ލިޔުންތައް
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.
15 Sep 2026
ރާއްޖެ އިޝްތިހާރުކުރުމަށް އެމިރޭޓްސްއާ ޤަތަރު އެއާވޭސްއާ އެކު އެއްބަސްވުމެއް
އޭޓީއެމް ފެއާ 2026ގެ ހަވާސާގައި ވަކިވަކިން ކުރިއަށް ގެންދިޔަ ދެ ރަސްމިއްޔާތެއްގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާސިރެވެ. އެމިރޭޓްސްގެ ނަމުގައި ސޮއިކުރީ އެ ކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް - ކޮމާޝަލް އޮޕަރޭޝަންސް އީސާ ސުލައިމާން އަޙްމަދެވެ. ޤަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރީ ވައިސް ޕްރެޒިޑެންޓް އެފްރިކާ ގްލޯބަލް ލެޝަރ ސޭލްސް ހެންޑްރިކް އަބްރަހަމް ޑު ޕްރީޒެވެ.
15 Sep 2026
ހިމަބަހި ޖެހޭ މިންވަރު ދަށަށް: މިދިޔަ ހަފްތާގައި ބަލި ޖެހުނީ ފަސް މީހަކަށް
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.
15 Sep 2026
މައްކާ ހިމެނޭހެން ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގުގެ ސިޓީތަކަށް ނުރައްކަލުގެ އިންޒާރު ނެރެފި
ސަޢޫދީ ސިވިލް ޑިފެންސް އިދާރާއިން ބުނި ގޮތުގައި މި އެލާޓް ފޮނުވީ ޤައުމީ ކުއްލި ހާލަތުގެ އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށެވެ. ނުރައްކަލުގެ ބާވަތެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
15 Sep 2026
އެމެރިކާއިން ޖައްވަށް ހަތިޔާރު ފޮނުވައި ފުރަތަމަ ފަހަރަށް އެކަން ހާމަކޮށްފި
މިކަން ހާމަކުރީ އެއާ އެންޑް ސްޕޭސް ސައިބާ ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ވައިގެ ސިފައިންގެ ސެކްރެޓަރީ ޓްރޯއީ މެއިންކެވެ. ޖައްވަށް ފޮނުވީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ނުވަތަ ކޮން އިރަކު ކަމެއް އޭނާ ތަފުސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ދުޝްމިނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ދުޝްމިނުން އައު ޓެކްނޮލޮޖީތައް ބޭނުންކޮށް ފައިދާ ނަގަމުންދާ ކަމަށް މެއިންކް ބުންޏެވެ. އެ ސަބަބާ ހެދި އޮޓޮނޮމަސް ސިސްޓަމްތަކާއި ޚަރަދު ކުޑަ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ބާރުވެރިކަން އެމެރިކާއިން އަވަހަށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.