ހުޅުދުއްފާރުގައި އަޅާ މިސްކިތުގެ ޑިޒައިން-
ހަބަރު
21 Aug 2026 | 14:36
ހުޅުދުއްފާރު ދެކުނު އަވަށުގައި މިސްކިތެއް ބިނާކުރުމަށް ބައިވެރިވުމުގެ ފުރުސަތު

ރ. ހުޅުދުއްފާރުގެ ދެކުނު އަވަށުގައި 250 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އެހީވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ.

މި މަޝްރޫޢުއަށް އިސްނެގި އާއިލާއިން ވަނީ ޖުމްލަ ޚަރަދުގެ 20 އިންސައްތައަށް ވާ ޢަދަދު ހަދިޔާކޮށްފައެވެ. އޮގަސްޓް 25 ވާ އަންގާރަ ދުވަހު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ރާވައިފައިވާއިރު، މި މަޝްރޫޢުގައި އެހީ ޖަމިއްޔާއާއި، އަލް އަސްރު އަދި ވޮއިސް ގުޅިގެން ބައިވެރިވެއެވެ.

ހުޅުދުއްފާރުގައި ގާތްގަނޑަކަށް ތިރީހަކަށް އަހަރު ކުރިން މީހުން އާބާދުވި ދުވަސްވަރު އެކުލަވައިލި ބިން ބޭނުންކުރުމުގެ ޕްލޭނުގައި ދެކުނު އަވަށުން މިސްކިތަކަށް ބިމެއް ޚާއްޞަކުރި ނަމަވެސް މިއަދާ ހަމައަށް އެ ބިމުގައި މިސްކިތެއް ބިނާކޮށްފައެއް ނުވެއެވެ. މިހާރު އެ ސަރަޙައްދުގައި ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އިރު ފެނަކަ ފަދަ ގިނަ މުވައްޒަފުން ގޮވައިގެން ހިންގާ މުއައްސަސާތައް ވެސް ޤާއިމުވެފައި އެބަ ހުއްޓެވެ. ހަމައެހެންމެ ރަށުގެ ޤަބުރުސްތާނު އޮންނަނީ ދެކުނު ފަރާތުގައި ކަމުން ބަންގީގެ އަޑު އެ ހިސާބަށް ފޯރުމަށް ޓަކައި ވެސް ދެކުނުގައި މިސްކިތެއް ހުރުން މުހިންމުވެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ފާސްކޮށްދީފައިވާ 8,000 އަކަފޫޓުގެ މި ބިން އޮންނަނީ ބޮޑުތަކުރުފާނު މަގާއި ޒިޔާރަތް މަގު ގުޅޭ ކަންމައްޗެވެ. މިސްކިތުގެ އިމާރާތުގައި ނަމާދުކުރާ މައި ހޯލުގެ އިތުރުން ޤުރުއާން ކްލާހަކާއި ލައިބްރަރީއަކާއި ހިނަވާގެއަކާއި އިމާމު ކޮޓަރިއަކާއި ސްޓޯރޭޖާއި ވުޟޫކުރާ ބަޔާއި ފާޚާނާއާއި ފެންވަޅާއި ޕާކިން އޭރިއާ އަދި ގޯތިތެރެ ހިމެނެއެވެ.

މި މަޝްރޫޢަށް ފައިސާ ހަދިޔާކުރުމަށް އެދޭ ފަރާތްތަކަށް އެހީ ޖަމިއްޔާގެ "އެދިހަ" ޕޯޓަލް ގައިވާ މިސްކިތު ޕޯސްޓް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. 

https://edhiha.mv/campaigns/N2Pqln6G

ކޮމެންޓް
މހއމ
ގަބުރުސްތާނަށް ކޮންމެހެން ބަންގީގެ އަޑު އިވެންޖެހޭތަ?
21 Aug 2026
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.