ރ. ހުޅުދުއްފާރު
25 Jan 2024
ހުޅުދުއްފާރާއި ފައިނުގެ މެޗު އެއްވަރުވެ، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ހުޅުދުއްފާރު ސެމީއަށް
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ރ. އަތޮޅުގެ އަތޮޅު ބުރު ގުރޫޕް ދޭއްގައި ހުޅުދުއްފާރާއި ފައިނު ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ހުޅުދުއްފާރުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
21 Jan 2024
މަޝީދުގެ ހެޓްރިކާއެކު ހުޅުދުއްފާރު ބަލިކޮށް އިނގުރައިދޫ ސެމީ ފައިނަލަށް
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ރ. އަތޮޅުގެ އަތޮޅު ބުރު ގުރޫޕް ދޭއްގައި އިނގުރައިދޫ އާއި ހުޅުދުއްފާރު ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިނގުރައިދޫ އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
09 Nov 2023
މެޗަކުން ބަލިނުވެ, އަނގޮޅިތީމު ޗެންޕިއަންކަން ހޯދައިފި
ރ.އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި ފުރަތަމަ އަންހެން ހޭންޑްބޯލް މުބާރަތުގެ ފައިނަލުގައި މިއަދު ހަވީރު 11-7 ގެ ނަތީޖާއަކުން ހުޅުދުއްފާރު ބަލިކޮށް އަނގޮޅިތީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
07 Nov 2023
ފަސޭހަކަމާއި އެކު އިނގުރައިދޫ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ހުޅުދުއްފާރުން ހޯދައިފި
މިހާރު ކުރިއަށްދާ ރާ އަތޮޅު ކައުންސިލްގެ ފުރަތަމަ އަންހެން ހޭންޑްބޯލް މުބާރާތުގެ ތިންވަނަ މެޗުގައި މިއަދު ހަވީރު އިނގުރައިދޫ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 3-9 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހުޅުދުއްފާރުން މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.
21 Sep 2023
"މާފުކޮށްދިން ފައިސާއިން 23 ހާސް އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ"
ރިސޯޓުތަކަށް މާފުކޮށްފިން ޖޫރިމަނާގެ ފައިސާއިން 23 ހާސް އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
21 Sep 2023
"މި ސަރުކާރުން ޚާރިޖީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ދުއްވާލައިފި"
މި ސަރުކާރުން ވަނީ ޚާރިޖީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ދުއްވާލާފައި ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
21 Sep 2023
"ގާއުނގޫދޫއަކީ ހުޅުދުއްފާރުގެ ރައްޔިތުންނަށް ނަފާލިބޭ ރަށަކަށް ހަދާނަން"
ރ ހުޅުދުއްފާރުގެ އިހުތިޞާސްގެ ތެރޭގައި ހިމެނޭ ގާނއުޑޫދޫއަކީ ހުޅުދުއްފާރުގެ ރައްޔިތުންގެ ނަފާލިބޭނެ ރަށެއްގެ ގޮތުގައި ހައްދަވާދެއްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑޮޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.