ސައީދު ހުޅުދުއްފާރު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
21 Sep 2023 | 08:08
މާފުކޮށްދިން ފައިސާއިން 23 ހާސް އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ: ސައީދު

ޖުރިމަނާގެ ގޮތުގައި ރިސޯޓުތަކުން ސަރުކާރަށް ދައްކަން ޖެހޭ 4 ބިލިއަކަށް ވުރެ ގިނަ ރުފިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދާދި ފަހުން މާފުކޮށްދެއްވާފައި ވާއިރު، އެ ފައިސާއަކީ 23 ހާސް އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ އަދަދުގެ ފައިސާކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ހުޅުދުއްފާރުގައި ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވަނީ ރިސޯޓުތަކުން ދައުލަތަށް ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ މާފުކޮށްދިނުމުން ދައުލަތަށް ލިބުނު ބޮޑު ގެއްލުމަށް އަލިއަޅުވާލައްވާފަ އެވެ. 

ސައީދު ސިފަކުރެއްވި ގޮތުގައި އެއީ ރައީސް ޞާލިހު ދައުލަތަށްވީ ވަރަށް ބޮޑު ޚިޔާނާތެކެވެ. އެ ފައިސާއަކީ ރާއްޖޭގެ ރައްޔިތުންގެ ތަރައްގީގެ ކަންކަމަށް ބޭނުންކުރެވޭނެ ފައިސާކަން ސައީދު ފާހަގަކުރެއްވި އެވެ. އަދި އެ ފައިސާ ހޯދައިގެން ހިންގިދާނެ ބައެއް މަޝްރޫއުތަކަށް ވެސް ސައީދުގެ ވާހަކައިގައި އަލިއަޅުވާލެއްވި އެވެ. 

އެގޮތުން އޭނާ ވިދާޅުވީ ރައީސް ޞާލިހު މާފުކޮށްދިން އެ ފައިސާއަށް އެތައް އެއާޕޯޓެއް އެޅޭނެކަމަށެވެ. ނުވިތާކަށް ރާއްޖެއަށް ކުރިމަތިބެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމަށް ވާއިރު، އެ ފައިސާއިން މަދުވެގެން 23 ހާސް އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެކަމަށް ސައީދު ވިދާޅުވި އެވެ.

"އެ ކަނޑާލި، މާފުކުރި 4 ބިލިއަން ރުފިޔާއަކީ (4000 މިލިއަން ރުފިޔާ) އަކީ 23 ހާސް އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ފައިސާ. މީ ވަރަށް ބޮޑު ޚިޔާނާތެއް"

ޕީއެންސީގެ ނައިބު ރައީސް ސައީދު

ސައީދު ވިދާޅުވީ 99 އަހަރަށް ރަށްތައް ކުއްޔަށް ދޫކުރާއިރު، އެ ރަށްތަކުން ރައްޔިތުންގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ. 

އެހެން ނަމަވެސް އެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ބަދަލުގައި ރައީސް ޞާލިހު އެ ކުރެއްވި ކަމަކީ ދައުލަތަށް ލިބެން އޮތް އާމްދަނީއެއް ކަނޑާލުންކަމަށް ސައީދު ވިދާޅުވި އެވެ. އަދި އެއީ ދައުލަތަށް ޚިޔާނާތްތެރިވުން ކަމަށް ސައީދު ތަކުރާރުކޮށް ވިދާޅުވި އެވެ. 

ސައީދު ވިދާޅުވީ އެފަދައިން ދައުލަތަށް އާމްދަނީ ލިބެން އޮތް މަގުތައް ބަންދުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ލިބިވަޑައިގަންނަވާ ބާރެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް 2022 ވަނަ އަހަރު ވެސް މިފަދަ ކަމެއް ކުރުމަށް ޤާނޫނަށް ބަދަލުގެނެސްގެން ރައީސް ޞާލިހު މަސައްކަތްޕުޅު ކުރައްވާފައިވާ ކަމަށާއި، މި ކަންކަމުން ރައީސް ޞާލިހު ވެވަޑައިގަންނަވާ ޚިޔާނާތުގެ މަންޒަރު ވަރަށް ސާފުކޮށް ފެނިގެންދާކަމަށް ސައީދު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.