ޑރ މުއިއްޒު ހުޅުދުއްފާރު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
21 Sep 2023 | 07:22
ގާއުނގޫދޫއަކީ ހުޅުދުއްފާރު ރައްޔިތުންނަށް ނަފާލިބޭ ރަށަކަށް ހަދާނަން: ޑރ މުއިއްޒު

ރ ހުޅުދުއްފާރުގެ އިހުތިޞާސްގެ ތެރޭގައި ހިމެނޭ ގާއުނގޫދޫއަކީ ހުޅުދުއްފާރުގެ ރައްޔިތުންގެ ނަފާލިބޭނެ ރަށެއްގެ ގޮތުގައި ހައްދަވާދެއްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑޮޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ރ އަތޮޅަށް އެމަނިކުފާނު ކުރެއްވި ރިޔާސީ ކެމްޕޭނުގެ ދަތުރުފުޅުގައި ހުޅުދުއްފާރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ހުޅުދުއްފާރުގެ ތަރައްގީއަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަންކަން ހާމަކުރައްވަމުން ޑރ މުއިއްޒު ވިދާޅުވީ ހުޅުދުއްފާރު ކަރިީގައި އޮންނަ ގާއުނޑޫދޫއަކީ އެ ރަށުގެ އިހުތިޞާސްގެ ތެރޭގައި ހިމެނޭ ރަށަކަށް ވާއިރު، އެ ރަށުން ހުޅުދުއްފާރުގެ ރައްޔިތުންނަށް ނަފާ ލިބެން ޖެހޭ ކަމަށެވެ. 

އެހެންކަމުން މިހާރު އެރަށް ބަލަހައްޓަމުން އަންނަ ފަރާތްތަކާއި މަޝްވަރާކޮށްގެން ހެދިފައިވާ އެއްބަސްވުމުގެ ތެރެއިން ގާއުނގޫދޫއަކީ ހުޅުދުއްފާރުގެ ރައްޔިތުންނަށް ނަފާލިބޭނެ ރަށަކަށް ހައްދަވާދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

"އިޤްތިޞާދީ ނަފާހޯދުމަށް ހުޅުދުއްފާރުގެ އިޙްތިޞާސްތެރޭގައި އޮންނަ ގާއުނގޫދޫއަކީ އެރަށް ދެވިފައިވާ ފަރާތާއި ވާހަކަ ދައްކައިގެން ހެދިފައިވާ އެއްބަސްވުމުގެ ތެރެއިން ތިޔަބޭފުޅުންނަށް ފައިދާއާއި ނަފާލިބޭނޭ ތަނެއް ކަމުގައި ހަދައިދިނުމަށް ވަރަށް މަސައްކަތްކޮށްދޭނަން"

ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު

އޭގެ އިތުރުން ވެސް ހުޅުދުއްފާރުގައި ހިންގާނެ ބައެއް މަޝްރޫއުތައް ޑރ މުއިއްޒު ވަނީ ވިދާޅުވެދެއްވާފަ އެވެ. 

އެގޮތުން ލޭންޑު ޔޫސް ޕްލޭނުގެ ތެރެއިން މޫދަށް އެރޭނެ ޚާއްސަ ސަރަހައްދެއް ތަރައްގީކުރުމާއި ރަށުގެ ފުޓުބޯޅަ ދަނޑު ފީފާ ސްޓޭންޑާޑް ދަނޑަކަށް އަޕްގްރޭޑްކުރުމާއި އެކު، ޒުވާނުންނަށް ޚާއްސަކޮށްގެން ކުޅިވަރު ކުޅޭނެ ވަސީލަތްތައް ތަރައްގީކޮށްދެއްވާނެ ކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

އެމަނިކުފާނު އިތުރަށް ވިދާޅުވީ ހުޅުދުއްފާރުގައި މިޙާރު ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައްވާނެ ކަމަށެވެ. އަދި މަސައްކަތްޕުޅު ކުރައްވާނީ މިހާރަށްވުރެ ބާރު ދުވެލީގައި އެ މަޝްރޫއުތައް ވެސް ނިންމާ، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ވެސް ވީހާ ވެސް އަވަހަށް ފޮރުކޮށްދިނުމަށް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.