ޑރ މުއިއްޒު ހުޅުދުއްފާރު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
21 Sep 2023 | 07:33
މި ސަރުކާރުން ވަނީ ޚާރިޖީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ދުއްވާލާފައި: ޑރ މުއިއްޒު

މި ސަރުކާރުން ވަނީ ޚާރިޖީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ދުއްވާލާފައި ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު މިއަދު އޮތް ހިސާބާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ ހުޅުދުއްފާރުގައި ބޭއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެއަކީ މިނިވަންކަން ލިބުނު ހިސާބުން ފެށިގެންވެސް ހުރިހާ ގައުމުތަކާއެކު ހަމަހަމަ ގުޅުންތަކެއް ދަމަހައްޓަމުން އައި، ޚާރިޖީ ސިޔާސަތުގައި ވެސް ހަމަހަަމަކަން ތަންފީޒުކުރަމުން އައިސްފައިވާ ގައުމެއް ކަމަށެވެ.

ހުރިހާ ސަރުކާރަކުން ވެސް ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި ވަނީ އެ އުސޫލުގެ މަތީގައި ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން އެކަން ބަދަލުކޮށް ޚާރިޖީ އަޅުވެތިކަމަކަށް ގައުމު ދުއްވާލާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ކުރަން ފުރުސަތު ދިނުމުގެ ސަބަބުން އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބުމަށް މަގުފަހިވެ، އިންޑިއާއާއެކު ހަދާފައިވާ ބައެއް އެއްބަސްވުންތައް ހާމަނުކުރެވޭ ވަރަށް ސަރުކާރު "ތާށި" ވެފައިވާކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

"އެއްވެސް ޤައުމަކުން އަޅުގަނޑުމެންގެ ދާޚިލީކަންތަކަށް އަތްގަދަކޮށް ބަސްކިޔާތަނެއް މީގެ ކުރީ ސަރުކާރު ތަކަކުން ނުފެނޭ. ނަމަވެސް މިސަރުކާރުންވަނީ ޚާރިޖީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ދުއްވާލާފައި. އެ އަޅުވެތިކަމުގެ ތެރޭގައި ބޭރު ޤައުމުތަކުގެ ސިފައިން މިތާ މިތިބީ. އެ އަޅުވެތިކަމުގައި ހެދިފައި ހުރި އެގްރިމަންޓުތައް ހާމަވެސް ކުރަން ނުކެރިގެން މިއުޅެނީ"

ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ މުއިއްޒު

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ މީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ވެސް ޖެހޭ ކަމެއް ކަމަށެވެ. 

ޑރ މުއިއްޒު ވިދާޅުވީ މި ވަގުތަކީ ގައުމަށްޓަކައި ރައްޔިތުން ބޮޑު ނިންމުމެއް ނިންމާނެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ ވަގުތެއްކަމަށެވެ. އެހެންކަމުން ސިޔާސީ ޚިޔާލު ތަފާތުވުންތައް ހުއްޓަސް، މީ ޤައުމިއްޔަތު ނެގެހެއްޓުމަށް ޚިޔާލު އެއްގޮތް ކުރަންވީ ވަގުތުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އަދި ވިދާޅުވީ މި ފުރުސަތު ނަގާލައިފިނަމަ އެ ދެވެނީ ޤައުމިއްޔަތާއި ދުރަށް ކަމަށެވެ. އަދި އެ ހިސާބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނުރައްކަލަށް ހުށައެޅިގެންދާނެ ކަަމަށާއި، މި ފުރުސަތުގެ ބޭނުން ގައުމީ ފިކުރު އިސްކޮށް ހިފައިގެން ނޫނީ ދެން ސަލާމަތްވާން ނޯންނާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.