އިންޑިއާ އާއި ސިންގަޕޫރާ ދެމެދު ބޭއްވި ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: ޕިޔުޝް އެކްސް
ދުނިޔެ
21 Aug 2026 | 18:21
އިންޑިއާއާއި ސިންގަޕޫރުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

އިންޑިއާއާއި ސިންގަޕޫރާ ދެމެދު ބާއްވާ އިންޑިއާ-ސިންގަޕޯރ މިނިސްޓީރިއަލް ރައުންޑްޓޭބަލްގެ 4 ވަނަ ބައްދަލުވުން އިއްޔެ ސިންގަޕޫރުގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ވަޒީރުންގެ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އިރު، އޭގެ ތެރޭގައި ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރާމަން، އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު، ކޮމާސް މިނިސްޓަރު ޕިއުޝް ގޯޔަލް އަދި މިނިސްޓަރު އޮފް ސްޓޭޓް ޖިތިން ޕްރަސާދާ ހިމެނިވަޑައިގަންނަވައެވެ. ސިންގަޕޫރުގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރު ފޯ ޓްރޭޑް އެންޑް އިންޑަސްޓްރީ ގަން ކިމް ޔޮންގްގެ އިތުރުން ސީނިއާ މިނިސްޓަރު ކޭ. ޝަންމުގަމް، ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބާލަކްރިޝްނަން، ޑިޖިޓަލް ޑިވެލޮޕްމަންޓް މިނިސްޓަރު ޖޯސެފިން ތިއޯ އަދި ޓްރާންސްޕޯޓް މިނިސްޓަރު ޖެފްރީ ސިއޯއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ވަޒީރުން ވަނީ އިންޑިއާއާއި ސިންގަޕޫރާ ދެމެދު އޮތް "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނަޝިޕް" ގެ ދަށުން ކަނޑައަޅާފައިވާ އެޑްވާންސްޑް މެނުފެކްޗަރިންގ، ކަނެކްޓިވިޓީ، ޑިޖިޓަލައިޒޭޝަން، ސިއްހީ ދާއިރާ، ހުނަރު ތަރައްގީކުރުން އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާތަކުން ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ފެހި އިގްތިސާދު، އިންޑަސްޓްރިއަލް ޕާކުތައް، ކާބޯތަކެތީގެ ރައްކާތެރިކަން، ފިންޓެކް، ސެމީކޮންޑަކްޓާ އަދި ގްރީން ޝިޕިންގ ފަދަ އާ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ގައުމުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ދެ ގައުމުގެ ދެމެދުގައި ހާސިލުކުރެވިފައިވާ މުހިންމު ކާމިޔާބީތަކުގެ ތެރޭގައި ޔޫ.ޕީ.އައި މެދުވެރިކޮށް ކުރާ މުއާމަލާތްތައް އިތުރުވުމާއި، އިންޑިއާގެ ޖެނެރިކް ބޭސް ސިންގަޕޫރުގައި ރަޖިސްޓްރީކުރުމުގެ ޕައިލެޓް މަޝްރޫއު ކުރިއަށްދިއުމާއި، އިންޑިއާއިން ސިންގަޕޫރަށް ތާޒާ މޭވާއާއި ކާބޯތަކެތި އެކްސްޕޯޓްކުރުން އިތުރުވުން ހިމެނެއެވެ. އަދި ސެމީކޮންޑަކްޓާ ދާއިރާއަށް ގްރީން ލޭން އިނިޝިއޭޓިވް ތައާރަފްކުރުމަށް ތައްޔާރުވުމުގެ އިތުރުން، ޗެންނާއީގައި ނޭޝަނަލް ސެންޓަރ އޮފް އެކްސެލެންސް ފޯ ސްކިލިންގ ގާއިމުކުރުމާއި، ނޮވެމްބަރު މަހު 4 ވަނަ ސިންގަޕޫރު-އިންޑިއާ ހެކަތޯން ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ވިޔަފާރި ފަސޭހަކުރުމަށް ދެގައުމުގެ ދެމެދު ވެވުނު އެއްބަސްވުމާއި، ކަނޑުގެ ތަރިކައާއި މިއުޒިއަމްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ސޮއިކުރެވުނު އެމްއޯޔޫގެ އިތުރުން، ޓެލެކޮމް އަދި ބްރޯޑްކާސްޓިންގ ރެގިއުލޭޓްކުރުމުގެ ތަޖުރިބާތައް ހިއްސާކުރުމަށް ދެގައުމުގެ އިދާރާތަކުގެ މެދުގައި ސޮއިކުރެވުނު ލެޓަރ އޮފް އިންޓެންޓް ހިމެނެއެވެ.

ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ވަޒީރުން ވަނީ ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ވަނީ ސިންގަޕޫރުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. ކޮމާސް މިނިސްޓަރު ޕިއުޝް ގޯޔަލް އިންޑިއާ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ތަގުރީރު ކުރެއްވި އިރު، ސެމީކޮންޑަކްޓާ ދާއިރާގެ ޚާއްޞަ ރައުންޑްޓޭބަލް ބައްދަލުވުމެއްވެސް ވަނީ ބޭއްވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ