އިންޑިއާ އާއި މޮރިސަސް އާ ދެ ޤައުމުގެ ކަމާބެހޭ އޮފިޝަލުން ނޫސްވެރިންނާއެކު.. ފޮޓޯ: އޭޝިއާނެޓް
ދުނިޔެ
22 Aug 2026 | 09:23
އިންޑިއާއިން ތެލުގެ ބާވަތްތައް އެތެރެކުރުމަށް މޮރިޝަސްއިން އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ތެލުގެ ބާވަތްތައް ކުރިއަށް އޮތް ތަނުގައި މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރުކުރުމަށާއި ދެގައުމުގެ ވިޔަފާރީގެ ގުޅުން އިތުރުކުރުމު ގޮތުން، އިންޑިއާގެ ތެލުގެ ބާވަތްތައް އެތެރެކުރުމަށްޓަކައި މޮރިޝަސްއިން އިންޑިއާއާއެކު ދިގު މުއްދަތުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި އިންޑިއާ ސަރުކާރާއި މޮރިޝަސް ސަރުކާރާ ދެމެދު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އާއި، އިންޑިއާގެ ދައުލަތް ހިއްސާ އޮންނަ އިންޑިއަން އޮއިލް ކޯޕަރޭޝަން އާއި މޮރިޝަސްގެ ސްޓޭޓް ޓްރޭޑިންގ ކޯޕަރޭޝަންއާ ދެމެދު ސޮއިކުރެވުނު 5 އަހަރު ދުވަހުގެ އެއްބަސްވުން ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން އިންޑިއަން އޮއިލްއިން މޮރިޝަސްއަށް ޕެޓްރޯލް، ޑީސަލް، މެރިން ގޭސް އޮއިލް އަދި މަތިންދާބޯޓަށް އަޅާ ޖެޓް ފިއުލް ފޯރުކޮށްދޭނެއެވެ.

އިންޑިއާގެ ޕެޓްރޯލިއަމް އެންޑް ނޭޗަރަލް ގޭސް މިނިސްޓަރު ހަރްދީޕް ސިންހް ޕޫރީ މޮރިޝަސްއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ސަބަބުން، މޮރިޝަސްއަށް ބޭނުންވާ ތެޔޮ ކަށަވަރުވެ، އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. ސަރަހައްދީ ހަމަނުޖެހުންތަކާއި ކަނޑުދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް އުފުލެމުންދާ ދަނޑިވަޅެއްގައި، މުޅިން އިމްޕޯޓަށް ބަރޯސާވާ މޮރިޝަސްއަށް މިއީ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ހަރްދީޕް ސިންހް ޕޫރީ ފާހަގަކުރެއްވި ގޮތުގައި، ދެކުނު އޭޝިއާގެ ގައުމުތައް ފިޔަވައި އެހެން ގައުމަކުން އިންޑިއާގެ ދައުލަތުގެ ތެޔޮ ކުންފުންޏަކާއެކު މިފަދަ ފުޅާ ދާއިރާއެއްގައި ތެޔޮ ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކުރި މިއީ ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ