ފާޒިލް
ހަބަރު
22 Aug 2026 | 10:40
މަސްތުވާތަކެތީގެ މައްސަލައެއްގައި މަޝްހޫރު ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި

ވ. ކެޔޮދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި މަޝްހޫރު ވޮލީކުޅުންތެރިޔާ އަހުމަދު ފާޒިލް ހައްޔަރުކޮށްފިއެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ މިދިޔަ ބްރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އެ އޮޕަރޭޝަންގައި ފާޒިލް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ކެޔޮދޫން ބަލައިފާސްކޮށްފައިވެއެވެ. އެތަންތަން ބަލައިފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ފާޒިލްގެ ބަންދަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Aug 2026
ތިލަމާލެ ބްރިޖުގެ އޮނިގަނޑުގެ އެންމެ ފަހުބައި ގުޅުވާލުމުގެ މަސައްކަތް ނިމުމަކަށް
އެންމެފަހުބައި ގުޅުވާލުމުގެ މަސައްކަތް މިއަދަށް ނިންމުމަށް ވަނީ ތާވަލްކޮށްފައެވެ.
22 Aug 2026
ބޯހިޔާވަހިކަމަށް ހުށަހެޅި ފަރާތްތަކަށް ސައްހަ ނޫން ފޯމްތައް އިސްލާހުކުރުމަށް ފުރުސަތެއް
ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު މަޢުލޫމާތުގެ ފުށުއެރުމެއްވާނަމަ ހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް، އެކަން އެޕްލިކަންޓަށް އަންގާއިރު ފޯމް އިސްލާހްކޮށް ހުށަހެޅުމަށް 7 ދުަވަހުގެ މުހުލަތެއް ދޭނޭކަމަށް އެ މިނިސްޓްރީން ބުންޏެވެ
22 Aug 2026
އަގުމަގުން މިހާރު ދެހާހަށްވުރެ ގިނަ ފިހާރައިން ވިއްކާ ތަކެތީގެ އަގުތައް
އަގުމަގު އެޕްލިކޭޝަނަކީ މާލޭ ބާޒާރުގެ އަގުތަކުގެ އިތުރުން އަތޮޅުތެރޭގައި ތަކެތީގެ އަގުތައް ފެންނަން ހުންނަގޮތަށް ހިމަނައިގެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ
22 Aug 2026
މެންޗެސްޓަރ ޔުނައިޓެޑުން 70 މިލިއަން ޕައުންޑަށް ބަލޭބާ ގެންނަނީ
މި އެއްބަސްވުމުގެ ދަށުން ޔުނައިޓެޑުން ފުރަތަމަ މަރުހަލާގައި 65 މިލިއަން ޕައުންޑް ދައްކާ އިރު އިތުރު ފަސް މިލިއަން ޕައުންޑް ވަކި ޝަރުތުތަކެއް ހަމަވުމުން ދައްކަންޖެހެއެވެ
22 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި މަޝްހޫރު ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި
ބަލައިފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
22 Aug 2026
މިދިޔަ އަހަރާ އަޅާބަލާއިރު ޓެކުހުން ލިބުނު އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ
މިހިނގާ އޮގަސްޓްމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ޓެކުހުން 21.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބިފައިވަނީ، 18.8 ބިލިއަން ރުފިޔާއެވެ
22 Aug 2026
ޕްރިމިއާ ލީގްގެ ފުރަތަމަ މެޗްގައި ކޮންވެންޓްރީ ސިޓީ އަތުން އާސެނަލަށް މޮޅެއް
ޕްރިމިއާ ލީގްގައި ދެން އެންމެ އަވަހަށް އަސެނަލް ނިކުންނާނީ އެސްޓަންވިލާ އާ ދެކޮޅަށެވެ.
22 Aug 2026
އިންޑިއާއިން ތެލުގެ ބާވަތްތައް އެތެރެކުރުމަށް މޮރިޝަސްއިން އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
މި އެއްބަސްވުންތަކުގެ ތެރޭގައި އިންޑިއާ ސަރުކާރާއި މޮރިޝަސް ސަރުކާރާ ދެމެދު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އާއި، އިންޑިއާގެ ދައުލަތް ހިއްސާ އޮންނަ އިންޑިއަން އޮއިލް ކޯޕަރޭޝަން އާއި މޮރިޝަސްގެ ސްޓޭޓް ޓްރޭޑިންގ ކޯޕަރޭޝަންއާ ދެމެދު ސޮއިކުރެވުނު 5 އަހަރު ދުވަހުގެ އެއްބަސްވުން ހިމެނެއެވެ